އަހަރީ ދުވަހުގެ އެންމެ ކުލަގަދަ ހަރަކާތްތައް މާދަމާ މާލޭގައި ކުރިއަށްދާނެ: އެމްއެންޑީއެފް

14:30


ސިފައިންގެ 118 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ އިވެންޓް މާދަމާ މާލޭގައި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ އަހަރީ ދުވަހާ ގުޅުވައިގެން މިހާތަނަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ޝަރަފުގައި ފޯސް އެންޑް ފްލީޓް ރިވިއުގެ ނަމުގައި މާއްދަމާ ބާއްވާ އެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ހާއިރު ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން ސިފައިންގެ ހެވިކަމުގައި ބައިވެރިވެފައިވާ ގެމަތަކުގެ ހަރާކާތްތައް ޖުމްހޫރީ މައިދާނުގައި ކުރިއަށްދާއިރު އެއް ނަމްބަރު ފާލަމާދިމާ ބޭރުގައި ކޯސްގާޑުގެ އުޅަނޑުތައް ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު