ރައީސް ޔާމީން ރާއްޖެ ވަޑައިގެންފި

ރައީސްގެ ދެ ކަނބަލުން: - ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ތައިލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔޫތު ޗަން އޯ ޗާ އާއި ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި އެ ދެބޭފުޅުން، ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި އުމްރާނީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

އެއީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ގައުމުން ބޭރަށް ރައީސް ޔާމީން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ހަމައެއާ އެކު އެއީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ތައިލެންޑަށް ކުރައްވެއްވި ފުރަތަމަ ދަތުރުފުޅެވެ.

comment ކޮމެންޓް