ސިޒޭރިއަން ހެދުމުން ލޭ މަނާނުވި އަންހެނާ ދިރިއޮތީ ވެންޓިލޭޓަރުގެ އެހީގައި

އައައިޖީއެމްއެޗް އަށް ބަލި މީހަކު ވައްދަނީ-- ސަން ފައިލް ފޮޓޯ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ލޭ މަނާ ނުވި އަންހެން މީހާ އައިޖީއެމްއެޗް އަށް ގެނެސް ފަރުވާދޭން ފަށާފައިވާ ކަމަށާއި އޭނާގެ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިރޭ "ސަން" އަށް ވިދާޅުވީ އެ އަންހެން މީހާ ނޭވާލަމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

"ހާލު ކުރެޓިކަލް، ވެންޓިލޭޓާގައި ޕޭޝެންޓް އޮތީ،" ޒީނަތު ވިދާޅުވިއެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަނަށް ފަހު ލޭ މަނާ ނުވުމުން ރަހިމް ނެގުމުން ލޭ މަނާ ވާނެ ކަމަށް ބުނެ އޭނާގެ ރަހިމު ވެސް ވަނީ ނަގާފަ އެވެ.

ނަމަވެސް ލޭ މަނާ ނުވެ، ހާލު ސީރިއަސްވުމުގެ ސަބަބުން އޭނާއަށް ފަރުވާދިނުމަށް ވެންޓިލޭޓަރަކާއެކު ޑޮކްޓަރެއް ވެސް އެ ރަށަށް ފޮނުވި އެވެ.

comment ކޮމެންޓް