ޒިޔާދާގެ ހަށިގަނޑު ވަޅުލައިފި

ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ނިޔާވި ގދ ތިނަދޫ ޒިޔާދާ ނައީމް -- ފޮޓޯ -- އެފްބީ

ލިބިފައިވާ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ ހަށިގަނޑު ވަޅުލައިފި އެވެ.

އޭނާގެ ހަށިގަނޑު ވަޅުލީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ ގަ އެވެ.

މިމަހުގެ ދެވަނަ ދުވަހު ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާ އަށް ގެންދިޔަ ޒިޔާދާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ޒިޔާދާ ނިޔާވި މައްސަލަ ފުލުހުން ކުރިން ބަލަމުން އައީ ޖިންސީ އަނިޔާކުރި މައްސަލައެއްގެ ގޮތުގަ އެވެ.

ނަމަވެސް އެ މައްސަލަ މިހާރު ބަލަމުން ދަނީ މަރުގެ މައްސަލައެއްގެ ގޮތުގަ އެވެ.

އެ މައްސަލައިގައި ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި ފުލުހުން ވަނީ އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް