ކޮމްޕިއުޓަރު ސިކުނޑިއާ އެއްފިޔަވަޅު ގާތަށް

ސިކުނޑީގެ ހުރިހާ ނާވް ސެލްތަކާއި އެ ސެލްތައް ގުޅޭ ގޮތް ހޯދުމާއެކު ސިކުނޑީގެ ކޮމްޕިއުޓަރު މޮޑެލް އުފެއްދުމާ އެއް ފިޔަވަޅު ކައިރިއަށް ސައިންވެރިން ޖެހިލައިފި އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ ޔުނިވަސިޓީ ކޮލެޖް އޮފް ލަންޑަންގެ ސައިންސްވެރިން ކުރި މަސައްކަތުން ސިކުނޑީގެ ސެލްތައް ގުޅޭ ގޮތް ހޯދިފައިވާ ކަމަށް ބުނާއިރު އެކަމުގެ ސަބަބުން ސިކުނޑީގެ ސާކެޓްތަކުގެ މެދުގައި މައުލޫމާތު ދައުރުވާ ގޮތް ހޯދިގެން ދާނެކަމަށް އެމީހުން އުއްމީދު ކުރެއެވެ.

އިނގިރޭސިވިލާތުގައި ނުކުންނަ ސައިންސްގެ މަޖައްލާއެއް ކަމަށްވާ ޖާނަލް ނޭޗާއަށް ދެއްވި އިންޓަވިއުއެއްގައި ލަންޑަން ޔުނިވަސިޓީ ކޮލެޖްގެ ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ޓޮމް މާސިކް ފްލޮޖެލް ވިދާޅުވެފައި ވަނީ ސިކުނޑީގެ އޮޅުން ބޮޅުން ބޮޑު މައުލޫމާތުތައް އޮޅުން ފިލުވުމަށް މިހާރު އެބޭފުޅުން ގެންދަވަނީ ތައްޔާރުވަމުންނެވެ.
" އަހަރެމެންނަށް ސިކުނޑީގެ އެކިފަށަލަތަކުގައި ނާވްސެލްތައް ގުޅޭގޮތާ ބެހޭ މައުލޫމާތު ލިބުމުން އަހަރެމެންނަށް ސިކުނޑީގެ ކޮމްޕިއުޓާ މޮޑެލްއެއް އުފެއްދިދާނެ." ޑރ. ޓޮމް ވިދާޅުވިއެވެ.

ޑރ. ޓޮމް ވިދާޅުވިގޮތުގައި އެފަދަ މައުލޫމާތުތައް ހޯދުނުކަމުގައި ވިޔަސް ކޮމްޕިއުޓަރު ސިކުނޑިއެއް ހެދުމަށްޓަކައި ސައިންޓިސްޓުން އެތައް އަހަރެއް ވަންދެން މަސައްކަތްކުރަން ޖެހޭނެއެވެ. އަދި އެކަމަށް ޓަކައި ވަރަށް ކޮމްޕިއުޓަރުގެ ޕްރޮސެސިން ޕަވާ ވަރަށް މަތިކުރަން ޖެހޭނެއެވެ.

ސިކުނޑީގެ ނާވްސެލްތައް ގުޅޭ ގޮތް ހޯދުމަކީ ކުޑަކަމެއް ނޫންކަމަށް ވިދާޅުވަމުން ޑރ. ޓޮމް ވިދާޅުވެފައިވާ ގޮތުގައި ސިކުނޑީގައި 100 ބިލިޔަން ނާވް ސެލް އެކުލެވިފައި ވެއެވެ.

ލަންޑަން ޔުނިވަސިޓީ ކޮލެޖްގެ މިދިރާއަށް ޚަރަދުކުރީ ސިކުނޑީގެ ބަލިތައް ޖެހޭ މީހުންނަށް އެހީވުމަށްޓަކައި އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތަކުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު