ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރަމުން އަންނަ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި

މާލޭގެ ބައެއް ކޯޓުތަކަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށާއި، އެކަން ހައްލުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.


އެ ޑިޕާޓްމަންޓުން ބުނީ، ޢާއިލާއާ ބެހޭ ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިސްކަން ދީގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ކުރީގެ ހައިކޯޓުގެ ޝަރީއަތުގެ މާލަމަށް ބަދަލު ގެނެސްގެން އެއްފަހަރާ 100 މީހުންނަށް ތިބެވޭވަރުގެ ޖާގައިގެ ކައިވެނީގެ މާލަމެއް ހަދާފައިވާ ކަމަށެވެ. އަދި އާއިލާއާ ބެހޭ ކޯޓުގައި މީޑިއޭޝަން ސެކްޝަނެއް ޤާއިމްކޮށް، ޖަސްޓިސް ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާގައި އެކޯޓުގެ ބޭނުމަށް ވަނީ ރަނގަޅު ފެންވަރެއްގެ ކޮންފަރެންސް ހޯލެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެޑިޕާޓްމަންޓުން ބުންޏެވެ. އަދި އާއިލާއާ ބެހޭ ކޯޓުގައި މިހާރު މަސައްކަތް ކުރަނީ ގެންދަނީ 38 މުވައްޒަފުން ކަމަށާއި، އެކޯޓުގެ އައު އޮނިގަނޑާ އެއްގޮތަށް އަލަށް އިތުރުކުރާ 18 މަޤާމާއެކު، އެކޯޓަށް އަލަށް ހަމަޖެއްސިބައިގާ ޖުމްލަ 56 މުވައްޒަފުންނަށް ތަނަވަސްކަމާއެކު މަސައްކަތްކުރެވޭ ވަރަށް ޖާގަ އިތުރުކުރެވިފައިވާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.


ޖާގައިގެ ދަތިކަމުން ކޯޓުތަކުގައި ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް މީގެ ކުރިންވެސް ކޯޓުތަކުން އަންނަނީ ބުނަމުންނެވެ. އަދި އެކަން ހައްލު ކުރުމަށް ބަޖެޓްގެ ދަތިން އިންތިހާއަށް ދިމާވެފައިވާ ކަމަށް ވެސް ކޯޓުތަކުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު