ލާމަރުކަޒީ ބިލާމެދު މަޖިލީހުން ނިންމާގޮތަކަށް އެ ކަންތައް ކުރިއަށް ގެންދާނަށް: ރައީސް

 ލާމަރުކަޒީ ބިލާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާގޮތަކަށް އެކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ދެކުނު ކޮރެއާގެ ސޯލްގައި ހުންނަވައިގެން، މިއަދު ދެއްވި އެމަނިކުފާނުގެ ރޭޑިއޯޚިޠާބުގައި، ރާއްޖޭގެ ރަށްތައް ލާމަރްކަޒީ އުޞޫލުން ހިންގާނީ ކޮން ގޮތަކުންތޯދެނެގަތުމަކީ، ރާއްޖެއަށް މިވަގުތު ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ބޮޑު ދެ ސިޔާސީ ޕާޓީގެ ޚިޔާލު އެކަމުގައި ވަރަށް ބޮޑަށް ތަފާތުވެފައި ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު،ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިޞްލާޙު ކުރައްވައި ހުށަހަޅުއްވަންތައްޔާރުވެފައި އޮތީ، ޑީއާރުޕީން އެދޭގޮތަށް ކަމަށާއި، އިޞްލާޙުވެފައި އޮތް ބިލް، އިޝާރާތްކުރަނީ، 20 ކުޑަ ސަރުކާރު ރާއްޖޭގައި ޤާއިމު ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޮމިޓީން އިޞްލާޙު ކުރައްވާފައިވާ މިބިލުގައި އަތޮޅުތަކަށްދޭއިޚްތިޔާރާއި ބާރުތައް ވަރަށް ބޮޑު ދަރަޖައަކަށް ލާމަރްކަޒުވެގެން އެބަދާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރާއްޖެ 7 ސަރަޙައްދަކަށްބަހާލައިގެން، ލާމަރްކަޒު ކުރުމުގެ ވިސްނުން ސަރުކާރުން މި ގެންގުޅުއްވަނީއިޤްތިޞާދީ ބޭނުމަށްޓަކައި ކަމަށާއި، އޭގައި ސިޔާސީ އެއްވެސް ބޭނުމެއް ނެތް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ދިވެހި ސިފައިންގެ 118 ވަނަ އަހަރީ ދުވަހުގެ މައްޗަށް ބައްލަވާލައްވަމުންރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގެ ފަރާތުން ޚާއްޞަކޮށް، ޑިމޮކްރަސީއަށް ލިބިދީފައިވާ އެހީތެރިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި ސިފައިން ރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަދަލުވެގެންދިޔައިރު، އެގޮތަށް އެކަން ހިނގުމަށް، އެންމެ ފަހި ފުރްޞަތެއް ހޯދައިދިން އެއްބަޔަކީ ނުވަތަ އެއް މުއައްސަސާއަކީ، އެމަނިކުފާނުގެ ނަޒަރުގައި ރާއްޖޭގެ ސިފައިންކަމުގައިވެސް ވިދާޅުވި އެވެ.


ދެކުނު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި އެހީތެރިވެދޭނެ ގޮތްތަކާ ބެހޭގޮތުން ކޮރެއާ ސަރުކާރާ އެކުގައި، މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް. އަދި އެކަމުގެ ހެޔޮ ނަތީޖާ ރާއްޖެއަށް ލިބިގެންދާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު