ވަތަނިއްޔާ "ނިއުވޯލްޑް"ގެ ރުއްދޮށަށް!

ހުދުރަންފުށިން: އަހުމަދު ނާއިފު

އަހަރެން "އުފުލާލައިގެން" ގެނެސް ބަހައްޓާފައި މިހުރީ ވަތަނިއްޔާގެ "ނިއުވޯލްޑް"ގަ އެވެ. ހުދުރަންފުށި ރިސޯޓްގަ އެވެ؛ ކުޑަކުޑަ އާ ދުނިޔެއެކެވެ. ފައިދޮށުގައި މިއޮތީ ކިރުކުލައިގެ ވެލިގަނޑެވެ. ހިނގަމުން މިދެވެނީ ހަނި މަގަކުންނެވެ. ހިޔާ އަޅައިގެން އޮތީ ނޫ އުޑެކެވެ. ދެފަރާތުން ބިޔަ ބޮޑެތި ގަސްތަކެވެ. ދޫންޏާއި ރާޅުގެ އަޑު އިވެ އެވެ. މިވެށީގެ ރީތި ކަމާއި މި ތިމާވެށީގެ ނާޒުކު ކަމުގެ މައްޗަށް އުފުލޭ ލޮނުގަނޑެއް މި "ނިއު ވޯލްޑް" ގަންބައި ޣަރަގުކޮށްފާނެތީ ވަތަނިއްތާ މީހުން ވަރަށް ބިރުގަނެ އެވެ. ބުނަނީ އޮތީ އެންމެ ގޮތެއް ކަމަށެވެ. އެންމެން ވެގެން "ނިއުވޯލްޑް" ފެހި ކުރުން ކަމަށެވެ. "ނިއު ވޯލްޑް" ފެހި ކުރަން އަތް ގުޅައި ދުނިޔެ ވަށައިލަން "ވަތަނިއްޔާއާ ބައިވެރިވާށޭ" އެމީހުން ބުނެ އެވެ.

މި ދުނިޔޭގައި ދުރުން ބަލާއިރު އަހަރެން ވަރަށް ޝައުގުވެރިވާ ކުޑަ "ރުކެއް" އެބަފެނެ އެވެ. އެކަމަކު އެއީ އަހަރެންގެ އަތުގައި މިވާ މޮބައިލް ފޯނުގެ ކަނަށް އާރާ ރޭންޖް ރޮގުބުރި "އަމާ" މޮނޮޕޯލް އެވެ. އޭގެ ސަބަބުން އަހަރެމެންގެ "ނިއުވޯލްޑް"ގެ ތިމާވެއްޓަށް ބޮޑު ފައިދާއެއް ލިބޭ ކަމަށް ވަތަނިއްޔާގެ އޮފިޝަލުން ވިދާޅުވެ އެވެ.

"ހަމަގައިމުވެސް ވެއްޓަށް ލިބޭނެ ގެއްލުމަށް ވުރެ ލިބޭ ފައިދާ ބޮޑު" ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ވިދާޅުވި އެވެ. "މީގެން 54 ޕަސެންޓް އެނާޖީ ސޭވްވާނެ. ވަރަށް ކުޑަ ތަންކޮޅެއްގައި މި ޖަހައިލެވޭނެ،"

ހުދުރަންފުށި "ހިތް" ކަމަށް ބެލެވޭ ހިސާބުން އުފުލިފައިވާ "ރުއް" ދައްކާލަމުން ޒަމްރާ ވިދާޅުވީ އެ ޓަވަރުން ޖާގައިގެ 80 ޕެންޓް ސަލާމަތްކޮށް ވެއްޓަށް ރީތިކަން ގެނެސްދޭނެ ކަމަށާއި "ބޭނުން ކުލައެއް ޖައްސާލެވޭނެ،" ކަމަށެވެ.

"ނިއުވޯލްޑް"ގައި ރިސޯޓުތަކުން މިހާރު ބަލަނީ ބޮޑެތި ދުނިޔެ ވަރުގެ ޓަވަރުތަކަށް "ނޯ" ޖެހުމަށް ފަހު މޮނޮޕޯލް އަށް "އޯކޭ" ދޭށެވެ. މިއީ އާ ގޮތެކެވެ. މި "ނިއުވޯލްޑް"ގެ 25 ރަށެއްގައި މިހާރު ވެސް ވަތަނިއްޔާއިން މޮނޮޕޯލް "ރުށް" ވަނީ އިންދާފަ އެވެ.

މޮނޮޕޯލްއާ އެކު ވަތަނިއްޔާ ހަމައެކަނި ރަށަށް ހިޔާ އަޅައިދީ ފެހިކޮށް، ފިނިކޮށްދެނީއެއް ނޫނެވެ. ސިން ގަލް ރޭން ޓެކްނޮލޮޖީގެ އެހީގައި "ނިއު ވޯލްޑަ"ށް ވަތަނިއްޔާއިން ވަނީ 4 ޖީއަށް ނެޓް ވޯކް ފައްކާ ކޮށްދީފަ އެވެ.
"މިއީ ކޯނޗެއް؟" އާ ދުނިޔޭގެ "ރުއް"، މޮނޮޕޯލް ކައިރީގައިވާ ކުޑަ ފޮއްޓާ މެދު ސުވާލު އުފެދުނެވެ. "މިއަށް އެތައް ކާޑެއްޖަހައިގެން ކިތަންމެ ހިދުމަތެއް ދެވިދާނެ، އެއީ ސިންގަލް ރޭން ސިސްޓަމެއް،" ވަތަނިއްޔާގެ އިންޖިނޭރަކު ވިދާޅުވި އެވެ.
"ނިއުވޯލްޑް"ގައި މިފެންނަ ކުޑަކުޑަ ފޮއްޓަކީ ވެށީގެ މަންޒަރު "ހަލާކު" ނުކުރާ އެކަމަކު ވެށީގެ "ގޮފިގަނޑަކަށް" ވެގެން އިން ފޮއްޓެކެވެ. މުއާސަލާތީ ޓަވަރުތަކުގައި ހުންނަ ސިފަ ހުތުރު، ބޮޑެތި ފޮށި ގަނޑުތަކާ މި ކުޑަކުޑަ ސިންގަލް ރޭން ސިސްޓަމާ އަޅައި ކިޔަން ހެޔޮވެސް ނުވާނެ އެވެ. ހަގީގަތުގައި މި "ނިއުވޯލްޑް"ގެ ތެރޭ ފޯ ޖީ ޓެކްނޮލޮޖީއަށް ވަތަނިއްޔާ ގިއުގަނޑު ފައްކާކޮށްފައި ވަނީ ސިންގަލް ރޭން ސިސްޓަމް "ނިއުވޯލްޑް"ގެ ވަށައި ޖެހި ދުނިޔެ ހިމާޔާތް ކުރާނެ ގޮތަށެވެ.
ވަތަނިއްޔާގެ "ނިއުވޯލްޑް"ގައި އިންދާފައިވާ "ރުކަށް" ސަރުކާރުގެ ފެހި ސިގްނަލް މިހާރު "ބަރާބަރަށް" ލިބެ އެވެ.

މި އާދުނިޔޭގައި ހުރެގެން ތިމާވެއްޓާބެހޭ މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލު ކުރީމެވެ. އެމަނިކުފާނު ވިދާޅުވި އެވެ:
"މިއީ ތިމާވެއްޓާ ރަހުމަތްތެރި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ޓަކައި އަމުނަމުން އަންނަ ބޮޅު ތަކަށް އަމިއްލަ ކުންފުންޏަކުން އަމުނައިދިން މުހިންމު ބޮޅެއް" ކަމަށެވެ.

ހަނި ހަނި މަގު ނިމޭ ހިސާބަށް ދެވެނީ އެވެ. މަގު ހުސްކޮށް ކިރުވެލިގަނޑުން ފައިބާ ހިތެއް ނެތެވެ. ދޫންޏާއި ރާޅުގެ އަޑުން މާލޭގެ ބޫން އަޑު އަހަރެން ސިކުނޑިން ފިލުވައިދީފައިވާތީ އެވެ. ވަތަނިއްޔާގެ ނިއުވޯލްޑްގައި އިންދާފައިވާ "ރުއް" ދޮށުގައި މަޑުކޮށްލާނީ އެވެ. ދެ ފައި ވާޅުވީމީ މި ކުޑަ ފޮށި މަތީގައި އިށީންނާނީ އެވެ. ބޭނުމިއްޔާ އޮށޯވެލިޔަސް މައްސަލައެއް ނެތެވެ. މި ދުނިޔެ ވަރަށް ތަފާތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް