އިނގުރައިދޫން ވަދާ ދިޔަ ބަޔަކު މާވަހަރެއް ހޮވައިފި

ރ. އިނގުރައިދޫން މިއަދު ވަދާ ދިޔަ ބަޔަކު ހޮވި މާވަހަރެއް ކަމަށް ބުނާ އެތި -- ފޮޓޯ - ކިޔުންތެރިއެއް

ރ. އިނގުރައިދޫން މިއަދު ވަދާ ދިޔަ ބަޔަކު މާވަަރެއް ހޮވާފައިވާ ކަމަށް އެ ރަށު މީހަކު ބުނެފި އެވެ.

އެރަށު މީހަކު 'ސަން' އަށް ބުނީ މާވަހަރު ހޮވާފައި ވަނީ ވަދާ ދިޔަ ދެމީހުންގެ ތެރެއިން އަބްދުލް ހާދީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. މާވަހަރުގައި ކިތައް ކިލޯ ހުރިކަމެއް ސީދާ ބުނެދޭން ނޭނގުނު ނަމަވެސް "ދެތިން ކިލޯ ހުންނާނެ" ކަމަށް އޭނާ ބުންޏެވެ.

ރ. އިނގުރައިދޫން މިއަދު ވަދާ ދިޔަ ބަޔަކު ހޮވި މާވަހަރެއް ކަމަށް ބުނާ އެތި -- ފޮޓޯ - ކިޔުންތެރިއެއް

"އެ ދެއްކީމަ އެންމެވެސް ބުނަނީ އެއީ މާވަހަރެކޭ. މިހާރު ވަރަށް ގިނަ މީހުންނަށް ދައްކައިފި. ކޮންމެ މީހެއްވެސް ބުނަނީ ހަމަ އެހެން،" އިނގުރައިދޫ މީހަކު ބުންޏެވެ.

މާވަހަރު ހޮވި މީހުން މިއަދު ވަދާ ގޮސްފައި ވަނީ ޑިންގީއެއްގަ އެވެ.

ދާދިފަހުން ށ. ކޮމަންޑޫ މީހަކު ވެސް ވަނީ މާވަހަރެއް ހޮވައިފަ އެވެ. އޭނާ ހޮވާފައި ވަނީ ހުދަންބަރެއް ކަމަށާއި އޭގެ އަގު 17 މިލިއަނަށް އަރާ ކަމަށް މާވަހަރުގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް