ފާރުތަކުގައި ކުރެހުމުން މީހުންގެ ސިކުނޑިއަށް އަސަރުކުރޭ: ދިރާސާ

ފާރުތަކުގައި ފާޑުފާޑުގެ ތަކެތި ލިއުމާއި ކުރެހުން (ގްރެފިޓީ) އަކީ ހަމަ އެކަނި އެކަން ކޮށްފައި ހުންނަ ތަންތަން ބަލައިލަން ހުތުރު ތަންތަނަށް ހަދައިދޭ ކަމެއް ނޫންކަމަށާއި އެކަމަކީ މީހުންގެ ވިސްނުމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކޮށް، ނަފްސާނީ ގެއްލުންތަކެއް ލިބޭ ކަމެއްކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ފާރުތަކުގައި ކުރަހައި ހަޑިކޮށް، އަދި މަގުތަކުގައި ހުންނަ ބޯޑްތަކަށް ބަދަލު ގެނެސް ނުވަތަ ހަލާކުކޮށްފައިވާ މާހައުލެއްގައި ދިރިއުޅޭ މީހުންނަށް ނަފްސާނީ ގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި އެމީހުންނަނީ ނަސްލީ އިމްތިޔާޒް ބޮޑު މީހުންނަށް ވުމާއި މީހުންނަށް ހެޔޮ ފޯރުވުމަށް ބޭނުން ނުވާ އަދި މީހުން ދެކެ ރުޅިއަރާ ބަޔަކަށް ވުން ހިމެނެ އެވެ.

ނެދަލޭންޑްސްގެ ސައިންސްވެރިން ކުރި ދިރާސާގައި ކުރި ކަމަކީ އޮސްޓްރޭލިއާގެ ރެއިލްވޭ ސްޓޭޝަނެއް އެތައް ދުވަސް ތަކެއް ވަންދެން ސާފުނުކޮށް ބޭއްވުމެވެ. އަދި އެއަށް ފަހު އެސްޓޭޝަނަށް ދާ މީހުންނަށް ސުވާލު ކަރުދާހެއް ދިނެވެ. އެސުވާލު ކަރުދާހުގައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި އެމީހުން ނަސްލަށާއި ދީނަށް ބަލައި ބޭއިންސާފުކޮށްފައި ވާކަން ފާހަގަކުރެވުނެވެ. ނަމަވެސް އެތަން ސާފުތާހިރުކޮށް ދުވަސްކޮޅަކު ބޭއްވުމަށް ފަހު ހަމަ އެކަރުދާސް ދިނުމުން އެމީހުން މީހުންނާ މެދު ދެކޭގޮތް ރަނގަޅު ވެފައިވާކަން ފާހަގަކުރެވުނެވެ.

އޭގެ ފަހުން ގްރެފިޓީ ކުރަހައި މުޅިން ހަޑިކޮށްފައިވާ ސަރަހައްދެއްގައި ރޭލު މަޑުކުރުމަށް ފަހު 47 ޕެސެންޖަރުންނަށް ސުވާލު ކަރުދާސް ހުށައެޅި އެވެ. އަދި ބައެއް މީހުންނަށް ކުދި ކުދި އެހީތައް ވުމަށް އެމީހުން ގާތު ބުންޏެވެ. ނަމަވެސް އެފަހަރު އެމީހުންގެ ވިސްނުން ވަނީ ބަދަލުވެފަ އެވެ.

ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ޑިއެޑެރިކް ސްޓޭޕެލް ވިދާޅުވި ކަމަށް އިނގިރޭސި ވިލާތުގެ ޑެއިލީމެއިލް ބުނާ ގޮތުގައި ގްރެފިޓީ ކުރެހުމާއި ތަންތަނަށް ގެއްލުންދީ ބަދަލު ގެނެސް ކަންތައް ކޮށްފައި ހުންނަ ތަންތަނުގައި ދިރިއުޅެން ފެށުމުން މީހުން އެހެން މީހުންނަށް އަޅާލުމާއި އިންސާނިއްޔަތުކަން ކުޑަވުމުގެ އިތުރުން އެމީހުންގެ ކިބައިގާ އިންސާފުން އެއްކިބާވުން ވެސް ފެތުރެއެވެ.
ގްރެފިޓީ އަކީ ފެޝަނެއް ކަމަށް ހަދައިގެން ގިނަ ބަޔަކު އުޅޭއިރު އެކަން އަސްލު ފެށިފައި ވަނީ ކުށްކުރުން އާއްމު ވެފައިވާ އެމެރިކާގެ ރަށްފުށު ހިސާބުތަކުގައެވެ. – ޑެއިލީ މެއިލް، ޔޫކޭ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު