ސަރުކާރުގެ އަމާޒަކީ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތަ ގާއިމު ކުރުން: ތާރިގް

"ލެޑް ސޭވް ފޮޓޯ މައުރަޒު" ހުޅުވުމަށް މިއަދު ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ - އަލީ ނަސީރު

މިއަދުގެ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ބޭނުން ކުރާ ހަކަތައިގެ 30 ޕަސެންޓަކީ އިއާދަ ކުރަނިވި ހަކަތައަށް ހެދުންކަމަށް އެންވަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ލެޑް ސޭވް ފޮޓޯ މައުރަޒު" ހުޅުވުމަށް މިއަދު ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ އިއާދަ ކުރަނިވި ހަކަތަ ހުރިހާ ރަށެއްގައި ގާއިމް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ދަނީ ފުރިހަމަވަމުން ކަމަށެވެ.

"ލެޑް ސޭވް ފޮޓޯ މައުރަޒު" ހުޅުވުމަށް މިއަދު ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ - އަލީ ނަސީރު

އެގޮތުން ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ދެ ރަށެއްގައި ދެ މެގަވޯޓުގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާ އިރު މިހާރު ވަނީ އިތުރު ހަތަރު ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމަށް ހަވާލު ކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެއަކީ އިއާދަކުރަނިވި ހަކަތައިގެ މިދާއިރާގައި ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އެންމެ ކުރީ ސަފުގަ އޮއްނަ ތަނަކަށް ހެދުމަށް ބޭނުންވޭ" މިނިސްޓަރު ތާރިގް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ދައްކާ ވާހަކަ އާއި ކުރާ އަމަލާ ދިމާވާ ސަރުކާރެއް ކަމަށް މިނިސްޓަރު ތާރިގް ވިދާޅުވި އެވެ.

އެންވަރަމެންޓް މިނިސްޓްރީ އިން ބޭއްވި އެނާޖީ އެފިޝިއަންސީ ފޮޓޯ މުބާރާތުގެ ފޮޓޯތައް މިއަދު ފެށި ފޮޓޯ މައުރަޒު ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

"ލެޑް ސޭވް ފޮޓޯ މައުރަޒު" ހުޅުވުމަށް މިއަދު ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ - އަލީ ނަސީރު

ފޮޓޯ މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަން ވިދާޅުވީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރައްޔިތުންގެ ހަށިގަނޑަށް ސިއްހީގޮތުން ވެސް ގެއްލުންތައް ކުރިމަތިވާ ކަމަށެވެ.

މިއަދުގެ ބޭއްވި އެ ރަސްމިއްޔާތުގައި ފޮޓޯ މުބާރާތުން ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމް ހަވާލުކޮށްފަ އެވެ. އެގޮތުން ހަ ކެޓަގަރީއަކުން އެއެއްވަނަ ބުނު ފަރާތްތަކަށާއި، މުޅި މުބާރާތުން އެއް ވަނަ ދެވަނަ އަދި ތިން ވަނައަށް ދިޔަ ފަރާތްތަކަށް ވެސް ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

"ލެޑް ސޭވް ފޮޓޯ މައުރަޒު" ހުޅުވުމަށް މިއަދު ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ - އަލީ ނަސީރު

comment ކޮމެންޓް