ފިލްމާއި ގޭމްތަކުން ފެންނަ ޖެޓްޕެކް އެންމެ ފަހުން ހަގީގަތަކަށް

އެކްޝަން ފިލްމުތަކާއި ގޭމްތަކުގައި އުޅޭ އާދަޔާ ހިލާފު ބާރުތަކާއި ހުނަރުތައް ލިބިފައިވާ ބަތޮލުން " ސުޕަހީރޯ" އިން އުދުހުމަށް ބޭނުންކުރާ ޖެޓްޕެކް އަކީ ގިނަ ބަޔަކު އެ ބޭނުން ކޮށްލަން ލިބޭނެ ނަމައޭ އޭރުން ހާދަ ފަސޭހަވާނެއޭ ހިތަށް އަރާނެ އެއްޗެކެވެ. ކެނެޑާގެ އިންޖިނިއަރަކު އުފެއްދި ޖެޓްލެވް ފްލަޔާ އަކީ މިފަދަ މީހުންގެ ހިޔާލީ ފޮލާ އެންމެ ފަހުން ހަގީގަތަކަށް ހަދައިދިން އުފެއްދުމެކެވެ.

ކެނެޑާގެ އިންޖިނިއަރު ރޭމަންޑް ލީ އުފެއްދި ފެނުން ހަކަތަ ހޯދާ މިމެޝިންގެ އެހީގައި ވައިގެ ތެރެއަށް 30 މީޓަރު މައްޗަށް އެރެ އެވެ. އަދި ކަނޑު ނުވަތަ ކޯރު ހުރަސްކޮށް ގަޑިއަކު 22 މޭލު ބާރު މިނުގައި ދަތުރު ކުރުމުގެ ގާބިލްކަން ވެސް ރޭމަންޑްގެ "ފިއުޗަރިސްޓިކް ޖެޓްޕެކް" އަށް ލިބިގެން ވެއެވެ.

ސްޕަމޭންއާއި ޖޭމްސް ބޮންޑް ފަދަ ކެރެކްޓާ ތަކުގެ ފޭނުންނަށް އެމީހުންގެ ހިޔާލީ ފޮލާ ހަގީގަތަކަށް ހަދައިދޭ މި ޖެޓްޕެކް 110000 އެމެރިކާ ޑޮލަރަށް ލިބޭނެކަމަށް ރޭމަންޑާ ހަވާލާދީ ޑެއިލީ މެއިލް ބުނެއެވެ.

ޖެޓްޕެކް ޓެސްޓް ކުރުމަށް އެ މެޝިން ބޭނުން ކޮށްގެން އެމެރިކާގެ މިއާމީއާއި ފްލޮރިޑާގެ އައްސޭރި ފަށުގައި ދަތުރުކޮށްފައި ވާއިރު މި މެޝިނަކީ ކޮންމެ މީހަކަށް ވެސް ފަސޭހައިން އޮޕަރޭޓްކުރެވޭ އެއްޗެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު