ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމްތަކެއް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމުކޮށްފި

ރާއްޖޭގައި ގާއިމު ކުރި ޗައިލްޑް ފެރެންޑްލީ އިންޓަވިއު ރޫމެއް --- ފޮޓޯ: ޕޮލިސް

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުން އަންނަ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމުގައި އެ ކުދިން ހާޒިރުކޮށް ސުވާލު ކުރުމަށް ބޭނުން ކުރާނެ ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމް ތަކެއް ރާއްޖޭގެ ހަަތަރު ސަރަހައްދެއްގައި ގާއިމު ކޮށްފިއެވެ.

އެ ހަތަރު އިންޓަވިއު ރޫމް ގާއިމުކޮށްފައި ވަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގެ އިތުރުން ސ.ހިތަދޫ ފެމިލީ ޗިލްޑްރަން ސާވިސް ސެންޓަރު ގައެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ އިސްނެގުމުގެ މަތިން ގާއިމު ކުރި އިންޓަވިއު ރޫމް ތަކުގެ މަގްސަދަކީ، އަތޮޅުތަކުގައި ތަހުގީގު ކުރާ ކުޑަކުދިންގެ މައްސަލަތައް މާލެއާ އެއް ފެންވަރެއްގައި ތަހުގީގުކޮށް، މާލެ އާ ވީހާވެސް އެއްގޮތް ކުރުން ކަމަށް ފުލުހުން ބުނެއެވެ.

އިންޓަވިއު ރޫމް ގާއިމްކޮށްފައި ވަނީ ކުޑަކުދިންގެ މައްސަލަތައް އެންމެ ގިނައިން ހުށައެޅޭ ސަރަހައްދުތައް ބަަލައި ދިރާސާ ކުރުމަށް ފަހުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

އިތުރު އަތޮޅުތަކެއްގައި ވެސް އެ ފަދަ އިންޓަވިއު ރޫމްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް