ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

ހަސަން ތައުފީޤް- މިހާރު ވަނީ ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައި - ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ.ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ހަސަން ތައުފީޤް އެކައުންސިލްގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ތައުފީގު ސަން އަށް ވިދާޅުވީ، ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކައުންސިލް ހިންގުމަށް ބުރޫ އެރުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.

"އަނެއްހެން މާބޮޑު ސަބަބެއް އޮވެގެންނެއް ނޫން. އަޅުގަނޑު މިވަގުތު ރާއްޖެ އިން ބޭރަށް ދާން ޖެހިފައި އޮއްވައި ކައުންސިލްގެ ނައިބު ރައީސް ވެސް ބަލިވެގެން މާލެ ދާން ޖެހުނީ. އެހެންވެ އެހެން ބޭފުޅަކަށް ފުރުސަތު ލިބުނީމާ ކައުންސިލް ހިންގުމަށް އެއްވެސް ބަދަލެއް ނާންނާނެ ދެއްތޯ،" ތައުފީގު ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ތިން ކައުންސިލަރުންނާއި އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ.

comment ކޮމެންޓް