ބަދު ދުއާ ކުރާކަމުގެ ތުހުމަތުގައި އެމްޑީޕީ ގައުމީ މަޖިލިސްގެ މެމްބަރަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒު ބޭރުގައި ހަސަންޓޭ އިސްވެ ދުއާ ކުރަނީ-- ފޮޓޯ: ޓުވިޓާ

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ބަދު ދުއާ ކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު އަދި ރ. އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހްމަދު (ހަސަންޓޭ) ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ހަސަންޓޭ މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހަސަންޓޭ ހައްޔަރު ކުރީ ބަދު ދުއާކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވަނިކޮށް ހުކުރު ނަމާދަށްފަހު އިސްލާމިކް މަރުކަޒުގެ ބޭރުގައި ދުއާ ކުރާ މައްސަލާގައެވެ.

އިސްލާމިިކް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސްލާމީ މަރުކަޒުގެ ބޭރުގައި ކޮންމެ ހުކުރު ދުވަހަކު ބަޔަކު ކުރާ ދުއާގައި ވަކި ބަޔަކާ ދެކޮޅަށް ބަދު ދުއާ ކުރާ ކަމަށާއި އެކަން އެގޮތަށް ކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން އެގޮތަށް ދުއާ ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ކަމެކެވެ. އަދި ކަމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ކަމެކެވެ.

comment ކޮމެންޓް