ޕްރިޔަންކާ މިފަހަރު "ސުޕާ ވިމެން" އެއްގެ ރޯލުން

ތަފާތު ރޯލުތަކެއް ކުޅެމުން އަންނަ ބޮލީވުޑްގެ ބަޠަލާ އަދި މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްރާ، މިފަހަރު "ސުޕާ ވިމެން" އެއްގެ ރޯލުން ފެނިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، ޕްރިޔަންކާ "ސުޕާ ވިމެން" އެއްގެ ރޯލުން ފެނިގެން ދާނީ އިންޑިއާގެ ޑައިރެކްޓަރެއް ކަމަށްވާ އަބީނޭ ޑިއޯގެ ފިލްމަކުންނެވެ.

މިވަގުތު "ފޯސް 2" އަދި "ސީރީޒް 24" ދެ ވަނަ ސީޒަންގެ މަސައްކަތް ކުރަމުން އަންނަ އަބީނޭ، އޭނާގެ ދެން އުފައްދަން ހަމަޖެހިފައި އޮތް ފިލްމާއި ގުޅޭ ގޮތުން ޕްރިޔަންކާ އާއި މަޝްވަރާ ކުރުންތައް ކުރިއަށް ގެންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ޕްރިޔަންކާ "ސުޕާ ވިމެން" އެއްގެ ރޯލު ކުޅެން ހަޖަޖެހިފައި ވީނަމަވެސް، އެ ފިލްމުގައި އޭނާއަށް ލިބިގެން ދާނީ ކޮންކަހަލަ ބާރުތަކެއް ކަމެއް އަދި ކަށަވަރުވެފައި ނުވެއެވެ.

ޕްރިޔަންކާ އަންނަނީ އެމެރިކާގެ ޓީވީ ޝޯވްއެއް ކަމަށްވާ "ކުއަންޓިކޯ"ގައި އޭނާ ދައްކާފައިވާ ރޯލުން ދުނިޔޭގެ ސަމާލުކަންވެސް ހޯދަމުންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު