ސްޓެމްސެލް ބޭނުންކޮށްގެން ދިރުން ހުރި ހިތެއް އުފައްދައިފި

ލެބޯޓްރީއެއްގައި އިންސާނުންގެ ހިތްތަކެއް އުފެއްދިއްޖެ ކަމަށް އެމެރިކާގެ ސައިންސްވެރިން ހާމަކޮށްފިއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މިއީ ހިތުގެ ބަލީގެ ވޭން ތަހައްމަލްކުރަމުންދާ އެތައް މިލިޔަން ބަޔަކަށް ގެނެސްދެވުނު އުއްމީދެކެވެ.

އެމެރިކާގެ ސައިންސްވެރިންނާ ހަވާލާދީ ޑެއިލީ މެއިލް ބުނާ ގޮތުގައި އެމެރިކާގެ ލެބޯޓްރީއެއްގައި އުފައްދާފައިވާ މަސްނޫއީ ހިތް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ވިންދުޖަހަން ފަށާނެ އެވެ.
އެމެރިކާގެ މެނިއަޕޮލިސްގެ ޔުނިވަސިޓީ އޮފް މިނެސޯޓާގެ ސައިންސްވެރިން އިންސާނުންގެ ދިރުން ހުރި ހިތެއް އުފެއްދުމަށްޓަކައި ފުރަތަމަ ކުރި ކަމެއް ކަމަށް އެމީހުން ބުނެފައި ވަނީ ސިއްހަތު ރަނގަޅު ހިތެއްގެ މަސުލް ސެލްތަކެއް ހޯދުމެވެ. ދެން އެއަށް ފަހު އެ ސެލްތަކަށް ސްޓެމްސެލް އިންޖެކްޓްކުރީ އެވެ. އެއާ އެކު ސްޓެމް ސެލްތައް ގިނަވެ، ހާޓް ސެލްތަކަކަށް ބަދަލުވެގެން ދިޔަކަމަށް އެމީހުން ބުނެއެވެ.
ޔުނިވަސިޓީ އޮފް މިނެސޯޓާގެ ރިޖެނެރޭޓިވް މެޑިސިންގެ މާހިރެއްކަމަށްވާ ޑރ. ޑޯރިސް ޓެއިލާ ވިދާޅުވިގޮތުގައި ލެބޯޓްރީގައި އުފެއްދި ހިތްތައް މިހާރު އަންނަނީ ހެދެމުންނެވެ. އަދި އެ ހިތްތައް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ވިންދުޖަހަން ފަށާނެކަމަށް ވެސް އޭނާ އުއްމީދުކުރައްވަ އެވެ.
"ފުރިހަމައަށް މަސައްކަތްކުރާ ހިތެއް އުފެއްދުމުގައި އަދިވެސް ގިނަ ދަތިތަކެއް އެބަހުރި އެކަމަކު އަޅުގަނޑު އުއްމީދުކުރަނީ ކޮންމެވެސް އެއްދުވަހަކުން ގުނަވަން އިންދުމަށް ކަމުދާ ވަރުގެ ފުރިހަމަ ގުނަވަންތައް އުފެއްދޭނެ ކަމަށް،" ޑރ. ޓެއިލަރ ވިދާޅުވެފައިވެ އެވެ.

ހިތުގެ ބަލީގެ މައްސަލަ ބޮޑުވުމާ ގުޅިގެން ހިތް ބަދަލުކުރުމުގެ ގޮތުން އެހެން އިންސާނެއްގެ ހިތް ލެއްވުމުން އެމީހުންގެ ދިފާއީ ނިޒާމު މަސައްކަތް ކުރުވުމަށްޓަކައި މުޅި އުމުރުގައިވެސް ބޭސްތައް ކާންޖެހެ އެވެ. އެކަމުގެ ސަބަބުން ލޭ މައްޗަށް ދިއުމާއި ކިޑްނި ފެއިލްވުން ފަދަ ކަންތައްތައް ފަހުން ކުރިމަތިވެ އެވެ.

ނަމަވެސް ހިތް ލައްވަން ޖެހޭ މިހުންނަށް އެމީހުންގެ އަމިއްލަ ސްޓެމްސެލްތަކުން އުފައްދާފައިވާ ހިތެއް ލިބިއްޖެ ނަމަ މިއިން އެއްވެސް މައްސަލައެއް ދިމާވުމުގެ ފުރުސަތު ވަރަށް ކުޑަވެގެންދާނެ އެވެ.
ލެބޯޓްރީގައި އުފައްދާފައިވާ ހިތްތައް އުފެއްދުމަށް ބޭނުންކުރި ސްޓެމްސެލްއަކީ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ހިމެނޭ ޓިޝޫވެއް އުފެއްދުމުގެ ގާބިލްކަން ގުދުރަތުން ދެއްވާފައިވާ ސެލްތަކެކެވެ.
ވިންދުޖަހާ އޫރާއި މީދަލުގެ ހިތް ޑރ. ޓެއިލަރގެ ޓީމުން މީގެ ކުރިން ވަނީ އުފައްދާފަ އެވެ. ނަމަވެސް އެހިތްތަކަކީ އެތަކެއްޗަށް ލެއްވުމަށް އެކަށީގެންވާ ވަރަށް ވުރެ މާ ބަލިކަށި ހިތްތަކެއްކަމަށް ވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު