"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގެ ޚާއްސަ އެޕިސޯޑެއް ދައްކަނީ

އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގެ ލީޑް ދެ އެކްޓަރުން--

ސަނާޔާ އީރާނީ އަދި ބަރުން ސޮބްތީގެ ފޭނުން ހާހުން ގުނާލެވެއެވެ. ގިނަ ބައެއްގެ ހިތްތަކުން ޖާގަ ދެވިފައިވާ މި ދެތަރިން މަޝްހޫރުވެފައިވަނީ މީގެ ތިން އަހަރު ކުރިން ސްޓާ ޕްލަސް އިން ދެއްކި ޑްރާމާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އިންނެވެ.

"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އަކީ މުއްސަނދި އަދި ރުޅިގަދަ ފިރިހެނަކާއި އާދައިގެ އަންހެން ކުއްޖަކާއި ދެމެދު އުދެފޭ ލޯބީގެ ގުޅުން ދައްކުވައިދޭ ހެއްވާ މަޖާ ޑްރާމާއެކެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ޑްރާމާ 2012 ވަނަ އަހަރު އޮންއެއަރ ކުރުން ހުއްޓާލުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ޕްރޮޑިއުސަރަށް އަމާޒުވިއެވެ. އަދި މި ޑްރާމާ، ސަނާޔާ އާއި ބަރުން އާއި އެކު އަލުން ދެއްކުމަށް ގިނަ ބަޔަކު އެދެމުން ދިޔައެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް ވެދާނެ އެވެ. "އިސް ޕްޔާރް ކޯ ކިޔާ ނާމް ދޫން" ގެ ޚާއްސަ އާ އެޕިސޯޑެއް މި ދެ ތަރިންނާއި އެކު، މިމަހު 30 ވަނަ ދުވަހު ހޮޓް ސްޓާ އިން ދައްކަން ވަނީ ހަމަޖެހިފައެވެ. އަދި މިއެޕިސޯޑުގައި މި ދެތަރިންގެ އިތުރުން ކުރިން ޑްރާމާއިން ފެނިފައިވާ އެހެނިހެން ތަރިންވެސް ފެނިގެން ދާނެއެވެ.

މިއީ ހަމަގައިމުވެސް މިދެތަރިންގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. އަދި ގިނަ ބައެއްގެ އިންތިޒާރީގެ ނިމުންކަންވެސް ޔަގީނެވެ.

ބަރުން ސޮބްތީ، 2012 ވަނަ އަހަރު ޑްރާމާ ދޫކޮށްލުމާއި ގުޅިގެން މުޅިން އާ ތަރިންތަކަކާއި އެކު "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ދައްކާފައި ވެއެވެ. އެެހެންނަމަވެސް ބެލުންތެރިންގެ މަޤުބޫލު ކަމެއް އެ ޑްރާމާ އަށް ލިބިފައި ނުވެއެވެ.

comment ކޮމެންޓް