ފައިންޑިން ޑޯރީގެ ފުރަތަމަ ޓްރެއިލަރ ރިލީޒްކޮށްފި

އެނިމޭޓެޑް ފިލްމް، "ފައިންޑިން ޑޯރީ" ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

އަންނަ އަހަރުގެ ޖޫން މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ފުރަތަމަ ޓްރެއިލަރ އާއްމުކޮށްފައި ވަނީ "ޑޯރީ" ކަރެކްޓަރ އަށް އަޑު އަޅައިދިން އެލެންގެ "ދި އެެލެން ޝޯވް" އިންނެވެ.

ޑޯރީގެ ކަރެކްޓަރ ބޮޑަށް ދައްކުވައިދޭ މި ފިލްމުގައި ދައްކުވައިދޭނީ ފައިންޑިންގް ނީމޯ ފިލްމުގެ ހަމަސްދުވަސް ފަހެވެ.

މިފަހަރުގެ ފިލްމުގައި ދައްކުވައިދޭނީ ޑޯރީ އުފަންވެ ބޮޑުވި ކެލިފޯނިއާގެ މެރިން ބަޔޮލޮޖީ އިންސްޓިޓިއުޓްގެ ސީ ލައިފް ރިހެބިލިޓޭޝަން އަކާއި އެކުއޭރިއަމް އެއްގެ ތެރެއެވެ.

މުޅިން އާ ކަރެކްޓަރ ތަކެއް ދައްކުވައިދޭ މި ފިލްމުގައި މިފަހަރު ނީމޯ ކަރެކްޓަރގެ އަޑު އަޅާފައިވަނީ އެހެން ފަރާތަކުން ކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް