"ޓްވައިލައިޓް"ގެ މުޞައްނިފު ސްޓެފެނީ މޭޔަރ ޓީވީ ޝޯއެއް އުފައްދަނީ

މަޝްހޫރު ވާހަކަލިޔުންތެރިޔާ ސްޓެފެނީ މޭޔާ---

މަޝްހޫރު ވާހަކަ ސީރީޒް "ދަ ޓްވައިލައިޓް"ގެ ލިޔުންތެރިޔާ ސްޓެފެނީ މޭޔާ، "ލަޔަންސްގޭޓް" އާ ގުޅިގެން ޓީވީ ޝޯއެއް އުފެއްދުމުގެ މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމެރިކާގެ އޮންލައިން ސްޓްރީމިން ސާވިސް އެއް ކަމަށްވާ "ހޫލޫ" އަށް ގެނައުމަށް ހަމަޖެހިފައިވާ އެ ޝޯގެ ވާހަކައިގެ މަސައްކަތް ކުރާނީ މޭޔާ އެވެ.

"ދަ ރޫކް"ގެ ނަމުގައި އުފައްދަން ފަށާފައިވާ ޓީވީ ޝޯގެ މައިގަނޑު ރޯލުން ފެނިގެން ދާނީ ވަރުގަދަ އަންހެން ކެރެކްޓަރެއް ކަމަށް ލަޔަންސްގޭޓް އިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނިގޮތުގައި "ކައިރި މުސްތަގުބަލެއްގައި" ޝޯގެ އާ މައުލޫމާތުތައް ހާމަކުރާނެ އެވެ. އެގޮތުން ކާސްޓުންނާއި ޓްރެއިލާގެ މަސައްކަތް ނިންމުމަށްފަހު އެ މައުލޫމާތުތައް ވެސް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތުގައި އެ ޝޯއަކީ ޓްވައިލައިޓް ފިލްމް ފްރެންޗައިޒްގެ 'ސްޕިން އޮފް' އަކަށް ވެދާނެ އެވެ. އެހެން ނަމަވެސް މައިގަނޑު ކެރެކްޓަރތަކުގެ ތެރޭގައި އެ ފިލްމުގެ ކެރެކްޓަރތައް ނުފެންނާނެ ކަމަށް މޭޔާ ވަނީ ބުނެފައެވެ.

ދަ ރޫކްގެ ނަމުގައި 2012 ވަނަ އަހަރު ޑޭވިޑް އޮމާލީ ވެސް ވަނީ ވާހަކައެއް ނެރެފައެވެ. އެ ވާހަކަ ލިޔުންތެރިޔާ އާ ގުޅިގެން މޭޔާ އެ ޝޯ އުފައްދަފާނެ ކަމަށްވެސް ބައެއް ފަރާތްތަކުގެ މެދުގައި ވާހަކަދެކެވެއެވެ.

މޭޔާގެ ޓްވައިލައިޓް ސީރީޒަށް އުފެއްދި ފިލްމު ފްރެންޗައިޒަށް ވަނީ ޖުމްލަ 3.35 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.

comment ކޮމެންޓް