ސަނަމް އާއި މީރާ ރާއްޖޭގައި ކުޅުނު ވީޑިއޯ ލަވަ ރިލީޒް ކޮށްފި

ސަނަމް އާއި މީރާ ރާއްޖޭގައި ކުޅުނު ވީޑިއޯ ލަވައިގެ ތެރެއިން --

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އަދި ރާއްޖޭގެ މަގުބޫލު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ރާއްޖޭގައި އެންމެ ފަހުން ކުޅުނު ވީޑިއޯ ލަވަ ރިލީޒްކޮށްފި އެވެ.

ލަވަ ރިލީޒްކޮށްފައި ވަނީ މިއަދު ސަނަމްގެ އޮފިޝަލް ފޭސްބުކް ޕޭޖުގަ އެވެ. "ޔެ ވާދާ ރަހާ" ލަވައިގެ ނަމަކަށް ކިޔާ އިރު ލަވައިން ފެނިގެން ދަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކެވެ.

ސަނަމް އާއި މީރާ ރާއްޖޭގައި ކުޅުނު ވީޑިއޯ ލަވައިގެ ތެރެއިން --

ލަވަ ރިލީޒް ކުރަމުން ސަނަމްގެ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައި ވަނީ އެލަވައަކީ ރާއްޖޭގެ ހިތްގައިމު މާހައުލަށާއި ހިތްހެޔޮކަމާ އެކު ސަނަމްގެ ބޭންޑަށް މަރުހަބާކީ ރައްޔިތުންނަށް ހާއްސަކުރި ޓުރިބިއުޓެއް ކަމަށެވެ.

"ޔެ ވާދާ ރަހާ" އެލަވައަކީ މީގެ ކުރިން ވެސް މީރާ އާ އެކު ރާއްޖޭގައި ބޭއްވި ދެ ޝޯއެއްގައި ހުށަހަޅާދީފައިވާ ލަވައެކެވެ. ލަވައިގެ ނިމޭ ހިސާބުން ދިވެހި ބަހުން ވެސް ވަނީ ސަނަމް އާއި މީރާ އެލަވަ ކިޔާފަ އެވެ. އެއީ "ތީ ތީއެ މަގޭ އެންމެ އެދޭ" އެލަވަ އެވެ.

ލަވަނިންމާލުމަށް ފަހު ސަނަމް ބޭންޑުން ބުނެފައި ވަނީ މީރާއާ އެކު ލަވަކިޔަން ލިބުމަކީ އުފަލެއް ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ބޭންޑެއްކަމަށްވާ ސަނަމް ބޭންޑުން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޝޯ ދީފައިވާ އިރު ދެ ފަހަރު ވެސް ސަނަމްއާ އެއްކޮށް ލަވަކިޔުމުނުގެ ފުރުސަތު ދިފައި ވަނީ މީރާ އަށެވެ. އެކަމާ މީރާ ވަނީ އުފާކޮށްފަ އެވެ.

ސަނަމް ބޭންޑުން ހުށަހެޅި އެ ފުރުސަތާ އެކު މިރާ ވަނީ އެނާގެ ފޭސްބުކް ޕޭޖުގައި އެކަމުގެ އުފާ ހިއްސާކޮށްފަ އެވެ. މިރާ ބުނީ އެއީ ވަރަށް އުފާވެރި ހިތްގައިމު ފުރުސަތެއް ކަމަށެވެ.

ސަނަމް އާއި މީރާ ރާއްޖޭގައި ކުޅުނު ވީޑިއޯ ލަވައިގެ ތެރެއިން --

ރާއްޖެއަށް އެންމެ ފުރަތަމަ ސަނަމް ބޭންޑުން އައިސްފައި ވަނީ "ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" ޝޯގައި ޕާފޯމްކުރުމަށް މިއަހަރު ޖުލައި މަހުގެ ތެރޭގަ އެވެ. އޭރު ސަނަމް ބޭންޑުން ވަނީ ރާއްޖޭގެ ހިތްގައިމުކަމަށް ތައުރީފުކޮށްފަ އެވެ.

ސަނަމް ބޭންޑުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ރާއްޖޭގެ ހިތްގައިމުކަމާ ރީތިކަން ދައްކުވައިދޭ ތަފާތު ޕޯސްޓުތަށް ކޮށްފައިވާ އިރު، އެތަނުން އެއް ޕޯސްޓުގައި ބުނެފައި ވަނީ ރާއްޖޭގެ ހިތްގައި މޫދުން އުފާލިބިގަންނަނީ ކަމަށާއި ސަނަމް ބޭންޑު ރޭއްޖެ ދެކެ ލޯބިވާ ކަމަށެވެ.

ސަނަމް އާއި މީރާ ރާއްޖޭގައި ކުޅުނު ވީޑިއޯ ލަވައިގެ ތެރެއިން --

comment ކޮމެންޓް