ބީޓްލްސްގެ ޖޯން ލެނަންގެ ގިޓާ 2.4 މިލިއަން ޑޮލަރަށް ވިއްކާލައިފި

ޖޯން ލެނަން ޝޯއެއްގައި ޕަފޯމް ކުރަނީ---

ޕޮޕް އިންޑަސްޓްރީގައި އެންމެ މަޝްހޫރު އެއް ބޭންޑް ކަމަށްވާ "ބީޓްލްސް"ގެ ރަން ޒަމާނުގައި އެ ބޭންޑުގެ މިއުޒިކް އުފެއްދުމަށް ބޭންޑު މެމްބަރު ޖޯން ލެލަން ގެންގުޅުނު ގިޓާއެއް 2.4 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ވޯކަލިސްޓެއް އަދި ގިޓާރިސްޓެއް ކަމަށްވާ ލެނަން އެ ގިޓާ ގެންގުޅެފައިވަނީ ބޭންޑުގެ އެންމެ މަގުބޫލު ދުވަސްވަރު ކަމަށްވާ "ޝީ ލަވްސް ޔޫ" ފަދަ ސިންގަލް ނެރުނު ދުވަސްވަރެވެ.

ލެނަންގެ އުމުރުން 40 އަހަރުގައި ވަނީ އޭނާ ގަޔަށް ބަޑި ޖަހާ މަރާލައިފައެވެ.

ލެނަން އެންމެ ފުރަތަމަ އެ ގިޓާ ގަނެފައިވަނީ 1962 ވަނަ އަހަރުގައެވެ. ޖުމްލަ 161 ޕައުންޑަށް ގަތް އެ ގިޓާ، އޭގެ ދެއަހަރު ފަހުން ވަނީ ބަދަލުކޮށްފައެވެ. އެއީ އޭނާގެ ފުރަތަމަ ގިޓާ ގެއްލުމާ ގުޅިގެންނެވެ. އޭނާގެ ފުރަތަމަ ގިޓާ ގަތް ދުވަސްވަރު ލެނަންގެ ބޭންޑު މެމްބަރެއް ކަމަށްވާ ޖޯޖް ހެރިސަން ވެސް ވަނީ ހަމަ އެވައްތަރުގެ ގިޓާއެއް ގަނެފައެވެ.

ގެއްލިފައި އޮންނަތާ 50 އަހަރުވިފަހުން އެ ގިޓާ ފެނުމުން ވިއްކާލާފައިވަނީ ނީލަމަށް ލައިގެންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު