މަޝްހޫރު ޓީވީީ ސޯޕް އޮޕެރާ "ޑޭސް އޮފް އަވަރ ލައިވްސް" ދައްކަމުން އަންނަތާ 50 އަހަރު ފުރިއްޖެ

ޑޭސް އޮފް އަވާ ލައިވްސްގެ އެޕިސޯޑަކުން މަންޒަރެއް: އެޝޯގެ 12،000 އަށްވުރެ ގިނަ އެޕިސޯޑު މިހާރު ވަނީ ދައްކާފައި---

ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ގިނަ ދުވަސް ވަންދެން ދައްކަމުން އަންނަ އެމެރިކާގެ ޑެއިލީ ސޯޕް އޮޕެރާ "ދަ ޑޭސް އޮފް އަވަރ ލައިވްސް" ދައްކަމުން އަންނަތާ 50 އަހަރު ފުރިއްޖެ އެވެ.

އެންބީސީ އިން ދައްކަމުން އަންނަ އެ ސޯޕް އޮޕެރާގެ ފުރަތަމަ އެޕިސޯޑު ދައްކާފައިވަނީ އަށެއް ނޮވެމްބަރު 1965 ގައެވެ. އެވީ 50 އަހަރުގެ މުއްދަތުގައި ސީރީޒްގެ 50 ސީޒަން ތައްޔާރުކޮށްފައި ވެއެވެ. އަދި އެ ތާރީހުން ފެށިގެން މިހާތަނަށް 12،713 އެޕިސޯޑު ދައްކާފައި ވެއެެވެ.

ޑޭސް އޮފް އޮފް އަވަރ ލައިވްސް ނުވަތަ ބެލުންތެރިންގެ އާންމު ނަމުން ނަމަ "ޑޭސް" އަކީ މިހާރުވެސް މެދުކެނޑުމެއް ނެތި ދައްކަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޝޯތަކުގެ ތެރެއިން ދެވަނައިގައި އޮތް ޝޯއެވެ.

މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ދައްކި ސޯޕް އޮޕެރާ ނިންމާލާފައި ވަނީ 2009 ވަނަ އަހަރު އެވެ. "ދަ ގައިޑިން ލައިޓް" ނަމަކަށް ކިޔާ އެ ޝޯގެ ފުރަތަމަ އެޕިސޯޑު 1952 ވަނަ އަހަރު ފަށާފައިވާއިރު އެ ޝޯ ނިންމާލީ 57 އަހަރު ފަހުންނެވެ.

ދެވަނަ އަށް އެންމެ ދިގު މުއްދަތަކަށް ދެއްކި ޝޯ ކަމަށްވާ "އެޒް ދަ ވޯލްޑް ޓާންސް" ނިންމައިލީ 54 އަހަރު ވަންދެން ދެއްކުމަށްފަހު 2010 ވަނަ އަހަރުގައެވެ.

އެހެންކަމުން ތިންވަނައަށް އެންމެ ގިނަ ދުވަހު ދައްކަމުން އަންނަ ޝޯ "ޖެނެރަލް ހޮސްޕިޓަލް" އަކީ އެންމެ ދިގު މުއްދަތަކަށް ދައްކާ ޝޯތަކުގެ ތެރެއިން މިހާރު މެދުނުކެނޑި ދައްކަމުން އަންނަ އެންމެ ގިނަދުވަސްވީ ޝޯއެވެ. ޖެނެރަލް ހޮސްޕިޓަލް ދައްކަން ފަށާފައިވަނީ 1963 ގައެވެ.

ޑޭސް އަށް 50 އަހަރު ފުރުމާ ގުޅިގެން އެޝޯގައި 1983 އިން ފެށިގެން މަސައްކަތް ކުރާ ކެރެކްޓަރެއް ކަމުގައިވާ ކްރިސްޓިއަން އަލްފޮންސޯ ބުނީ އެވީ ދިގު ތާރީހުގައި ޝޯގެ މުޅި "ޑައިނަމިކްސް" ވަރަށް ބޮޑަށް ބަދަލުވެ މިހާރު ފުޅާވެފައިވާ ކަމަށެވެ.

"މުޅި ޝޯ މިހާރު ހީވަނީ މުޅިން އާ ޝޯއެއްހެން. ކާސްޓުން ބަދަލުވެއްޖެ. ސެޓު ބަދަލުވެއްޖެ. އަޅުގަނޑު ހަނދާންވޭ ފުރަތަމަ ޝޯއަށް އައި އިރު އެއް ސެޓުގައި ތިން ދުވަސްވަންދެއް މަސައްކަތް ކުރަން ޖެހޭ ހަނދާން. ބަޖެޓު ނެތުމާ ގުޅިގެން. ނަމަވެސް މިހާރު އެއްބައި ފަހަރަށް އެއް އެޕިސޯޑުގައިވެސް އެބަ ދާން ޖެހޭ ފަސް ވަރަކަށް ސެޓަށް،" އޭނާ ބުންޏެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު