ހ. ވައިޓު ޝެޑޯގެ ބަލާ ފާސްކޮށްފި

ހ. ވައިޓު ޝެޑޯގެ ހުންނަ ސަރަހައްދުގައި ފުލުހުންގެ ޓީމުތަކުން ހަރަކާތްތެރިވަނީ: ސަން ފޮތޯ/ ޔޫސުފް ސޮފްވާން

ހ. ވައިޓު ޝެޑޯގެއަށް ފުލުހުން ވަދެ އެ ގެ ބަލާ ފާސްކޮށްފި އެވެ.

ފުލުހުން އެގެއަށް ވަނީ 11:45 އެހާކަށްހާއިރު އެވެ. އަދި އެ ގެ ބަލާ ފާސްކޮށް ނިންމުމަށްފަހު ފުލުހުން އެގެއިން ނުކުމެގެން ދިޔައީ މިރޭ 1:40 އެހާކަށްހާއިރު އެވެ. ފުލުހުން އެގެއަށް ވަންއިރު އެ ގެ ހިމެނޭ ސަރަހައްދަށް އާންމުންނަށާއި ވެހިކަލުތަކަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.

ހ. ވައިޓު ޝެޑޯ ބަލާ ފާސްކޮށް ނިންމުމަށްފަހު ލެޕްޓޮޕެއް ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނުނެވެ. ހ. ވައިޓު ޝެޑޯ ފުލުހުން ބަލާ ފާސްކުރަމުން ދިޔައިރު އެ ގެއާ އިންވެގެން ހުންނަ ތަނެއް ވެސް ފުލުހުން ދިޔައީ ބަލާ ފާސްކުރަމުން ނެވެ.

ހ. ވައިޓު ޝެޑޯގެ ހުންނަ ސަރަހައްދުގައި ފުލުހުންގެ ޓީމުތަކުން ހަރަކާތްތެރިވަނީ:

މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ މާލޭގެ ތަންތަން ބަލާ ފާސްކުރަމުން ނެވެ. އަދި އެކި ތުހުމަތުތަކުގައި ފުލުހުން އަންނަނީ މީހުން ހައްޔަރުކުރަމުންނެވެ.

ފުލުުހުން ބުނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ބަލާ ފާސްކުރަން ޖެހޭ ތަންތަން ބަލާ ފާސްކުރަމުން ފުލުހުން ދާނެ ކަމަށާއި އަދި ހައްޔަރުކުރަން ޖެހިއްޖެ މީހަކު ފުލުހުން ހައްޔަރުކުރާނެ ކަމަށެވެ.

comment ކޮމެންޓް