ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ހުރި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ: އެ ބިދޭސީ މީހާ މަރުވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް-- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވެފައި ވަނީ މިއަދު މަރުވެފައި ވަނީ އާލަމް ކިޔާ 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާ މަރުވެފައި ވަނީ އޭނާ މޭގައި ރިއްސާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހު 01:15 ހާއިރު ކަމަށެވެ.

އެމީހާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުމުގެ ސަބަބުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އިމިގްރޭޝަނުން، ކަރެކްޝަނަލް ސާވިސް އާ ހަވާލުކޮށްފައިވާ މީހެއް ކަމަށް މޫސާ ރަމީޒު ވިދާޅުވި އެވެ.

comment ކޮމެންޓް