އަހަރުގެ ބޮޑު އާމްދަނީ ހޯދި އަންހެން މިއުޒީޝަނުގެ މަގާމު ކޭޓީ ޕެރީއަށް

މަޝްހޫރު ޕޮޕް އާޓިސް ކޭޓީ ޕެރީ--- ފޮޓޯ/ ފޯބްސް

ޓޭލާ ސްވިފްޓް ފަހަތަށް ޖައްސާލުމަށްފަހު ފޯބްސް މިއަހަރުގެ އެންމެ މަތިން އާމްދަނީއެއް ލިބުނު އަންހެން މިއުޒީޝަންގެ މަގާމު މަޝްހޫރު ޕޮޕް އާޓިސްޓު ކޭޓީ ޕެރީ ހޯދައިފި އެވެ.

ޓޭލާ ސްވިފްޓާ އަޅާބަލާއިރު މި ނިމޭ އަަހަރު ކޭޓީ ޕެރީގެ އެއްވެސް އާ މަސައްކަތް ތަކެއް ފެނިިފައެއް ނުވެއެވެ. ޓޭލާ ސްވިފްޓް ވަނީ މިއަހަރު ގިނަ ސިންގަލްތަކެއް ރިލީޒްކޮށްފަ އެވެ.

މެދުކެނޑުމެއް ނެތި މުޅި އަހަރުތެރޭ އެކި ޗާޓުތަކުގެ މަތީ މަގާމު ޓޭލާ ސްވިފްޓް ހޯދަމުން އައި ނަމަވެސް އޭނާއަށް އެއްވަނަ ނުލިބުމާ މެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިދާނެއެވެ. ނަމަވެސް ކޭޓީ ޕެރީ އަށް އެންމެ ބޮޑު އާމްދަނީއެއް މިއަހަރު ލިބިފައިވަނީ އޭނާ މިހާރު ކުރިއަށް ގެންދާ މިއުޒިކް ޓުއާ އާ ގުޅިގެންނެވެ.

ކޭޓީ ޕެރީ މިހާރު ކުރިއަށް ގެންދާ "ޕްރިޒްމެޓިކް ވޯލްޑް ޓުއާ"ގައި 126 ޝޯއެއް ވަނީ ދީފައެވެ. އެގޮތުން ޓުއާގައި އޭނާ ޝޯދޭ ކޮންމެ ސިޓީއަކުން ދެ މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ އެއް ވަނީ ޕެރީ ހޯދާފައެވެ. އެއާއެކު އޭނާ ވަނީ މިއަހަރު 135 ޑޮލަރު ހަމައެކަނި ޓުއާ ކޮށްގެން ހޯދާފައެވެ.

ސްވިފްޓު ވަނީ ފޯބްސްގެ މަތީ އާމްދަނީ ލިބޭ އަންހެން މިއުޒީޝަނުންގެ މަގާމު ހޯދާފައެވެ. އޭނާވަނީ 80 މިލިއަން ޑޮލަރު މިއަހަރު ހޯދާފައެވެ. މިދިޔަ އަހަރު ސްވިފްޓް ނެރުނު "1989" އަލްބަމުގެ "ވައިލްޑެސްޓް ޑްރީމްސް" އަކީ އޭނާ އެންމެ ފަހުން ނެރުނު ސިންގަލް އެވެ. އެލަވަވެސް ވަނީ ޗާޓުތަކުގެ އެންމެ މަތިން ޖާގަ ހޯދާފައެވެ.

ފޯބްސްގެ ޗާޓުގެ ތިންވަނައިގައި 59.5 މިލިއަން ޑޮލަރާއެކު އޮތީ 1967 ގައި އުފެދުނު ބޭންޑެއް ކަމަށްވާ "ފްލީޓްވުޑް މެކް" އެވެ. އެ ބޭންޑަކީ ހުސް އަންހެނުންގެ ބޭންޑަކަށް ނުވި ނަމަވެސް އެ ބޭންޑުގައި ހިމެނޭ ދެ އަންހެން ލަވަކިޔުންތެރިންނަކީ ވަރަށް މަގުބޫލު ދެ އާޓިސްޓުންނެވެ. އެހެން ކަމުން އެ ބޭންޑު ކެޓަގަރީގައި ހިމެނޭނެ ކަމަށް ފޯބްސް އިން ބުންޏެވެ.

ލިސްޓުގެ ހަތަރު ވަނައިގައި ލޭޑީ ގާގާ އޮތް އިރު ފަސްވަނައިގައި އޮތީ ބިޔޯންސޭ އެވެ. އެގޮތުން ލޭޑީ ގާގާ އަށް ވަނީ 59 މިލިއަންގެ އާމްދަނީއެއް ލިބިފައެވެ. އަދި ބިޔޯންސޭއަށް ލިބިފައިވަނީ 54.5 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

comment ކޮމެންޓް