ކުޑަ ކުއްޖަކާ ބެހުމުގެ ތުހުމަތުގައި ދޮންބައްޕައަކު ހައްޔަރުކޮށްފި

ނ. ކުޑަފަރީގައި ދޮން ދަރިއަކާ އެކު ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ވެސް ވަނީ އެކަން ސަން އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 42 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ބުރާފަތި ދުވަހުގެ ރޭ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ލޯފަން މަންމަ އަކަށް ލިބިފައިވާ އުމުރުން ނުވަ އަހަރުގެ އެ އަންހެން ކުއްޖާ އާ ދޮންބައްޕަ ބެހެނިކޮށް ފެނިފައި ވަނީ އެ ރަށު ބަޔަކަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަން ގާތްވެފައި ވަނިކޮށެވެ.
"އެމީހުން ކުރިން އުޅުނީ އަންހެން މީހާގެ ބައްޕަގެ ގޭގައި. ކުރިން ވެސް ކިޔާ އެ ކުޑަ ކުއްޖާ އާ އޭނާގެ ދޮންބައްޕަ ބެހެއޭ. މިކަން ފާޅާއެރީ އެމީހުން އަމިއްލަ ގެއަކަށް ވަކިން ބަދަލުވިތާ ދެ ވަނަ އަށް ވީ ރޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކަންތައް ފަޅާއެރީ އެ ކުޑަ ކުއްޖާ އާއި އޭނާގެ ދޮންބައްޕަ ބެހޭކަން އެނގިގެން އެ ރަށު ބަޔަކު ފާރަލައިގެން ބަލަނިކޮށެވެ.

އެމީހާ ބުނީ އެ ފިރިހެން މީހާ ފުލުންނާ ހަވާލު ކުރުމުގެ ކުރިން އޭނާގެ ގައިގައި އެ ރަށު ބަޔަކު ވަރަށް ބޮޑަށް ތަޅައި އަނިޔާ ކުރި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު