ލީބިޔާއަށް ވެއްޓުނު އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓުގެ ދެ ޕައިލެޓުން ސަލާމަތްކޮށްފި

ބެންޣާޒީ : ލީބިޔާއަށް ޙަމަލާ ދިނުމުގައި ޙަރަކާތްތެރިވަނިކޮށް ލީބިޔާގެ ބެންޣާޒީގެ ކައިރިއަށް ވެއްޓުނު އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓުގެ ދެ ޕައިލެޓުން ސަލާމަތް ކުރެވިއްޖެކަން އެމެރިކާ ހާމަކޮށްފިއެވެ.

އެމެރިކާ ސިފައިންގެބަޔާނެއް ބުނިގޮތުގައި އެފް 15 އިގެ މިމަތިންދާބޯޓު ވެއްޓުނީ ފަންނީ މައްސަލައެއް ކުރިމަތިވެގެންނެވެ. ލީބިޔާގެ ރަސްމީ ޓީވީ ބުނިގޮތުގައި މި ބޯޓު ވެއްޓުނީ ގައްޒާފީގެ ބާރުތަކުން ފޮނުވާލި އެންޓި އެއަރކްރާފްޓް މިސައިލަކުން ކަމުގައެވެ.

މި ބޯޓު ވެއްޓުމުގެ ކުރިން، އޭގެ ދެ ޕައިލެޓުން ވައިކުޑައިގައި ވަނީ ފުންމާލާފައެވެ. މިދެމީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި އެމެރިކާގެ ހެލިކޮޕްޓަރަށް އެހީތެރިވެދިން ކަމަށްވަނީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނެވެ. މިދެ ޕައިލެޓުން ސަލާމަތްކުރުމަށް އެމެރިކާ ކުރި މަސައްކަތުގައި ލީބިޔާގެ ރަށްފުށުގެ 6 މީހަކު މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ ލީބިޔާއާ ދެކޮޅަށް އެމެިރކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތް ގުޅިގެން ހިންގަމުން ގެންދާ ޢަސްކަރީ އޮޕަރޭޝަންގައި ވެއްޓުނު ޢަސްކަރީ ފުރަތަމަ މަތިންދާބޯޓެވެ. ހުޅަނގުގެ ބާރުތަކުން ލީބިޔާއަށް ދެމުންގެންދާ ޙަމަލާތަކުގައި ގިނަޢަދަދެއްގެ ޢާންމުން މަރުވަމުންދާ ކަމަށް ލީބިޔާ ސަރުކާރުން ބުނެއެވެ. -- ބީބީސީ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު