"ސަން ރަށަށް" ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި

"ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ފުވައްމުލަކަށް ސަން ޓީމު ކުރި ދަތުރުގައި ވާހަކަ ނުދެއްކޭ ދެމަފިރިއެއްގެ ކާމިޔާބު ދިރިއުޅުމާ ގުޅޭ އިންޓިވިއުއެއް ނެގުމުގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަން މީޑިއާ އިން ކުރިޔަށް ގެންދާ "ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން "ސަން ޓީމް" ރަށްރަށަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

"ސަން ރަށަށް" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށުގެ ތާރީޚާއި މިހާރުގެ ހާލަތާއި ރަށަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭ ޚާއްސަ ރިޕޯޓުތަކާއި ޚަބަރުތައް ގެނެސްދިނުމަށް ސަން މީޑިއާ އިން ފަށައިފައިވާ ވަރަށް ޚާއްސަ ޕްރޮގްރާމެކެވެ. މި ގޮތުން ސަން ޓީމުން ކަނޑައަޅާ ރަށަކަށް ސަން މީޑިއާގެ ހުރިހާ ގުނަވަންތަކެއް ހިމެނޭ ގޮތުން ޓީމެއް ފޮނުވޭނެ އެވެ. އޭގެ ތެރޭގައި ސަން އޮންލައިނާއި ސަން ޓީވީ އާއި ސަން އެފްއެމް އަދި ސަން މަޖައްލާ ހިމެނޭނެ އެވެ.

"ސަން ރަށަށް" ފުރަތަމަ ދަތުރަށް ފަހު މާލެއަށް އައުމަށް ޓަކައި ފުރަން ގޮސް ސަން ޓީމު ފުވައްމުލަކު އެއާޕޯޓުގައި --- ސަން ފޮޓޯ ފަޔާޒް މޫސާ

"ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ރަށެއްގެ ގޮތުގައި ސަން ޓީމުން ވަނީ މި މަހުގެ ތެރޭގައި ޏ. ފުވައްމުލަކަށް ދަތުރުކޮށް އެ ރަށުގެ ވަރަށް ޚާއްސަ ކަވަރޭޖެއް ގެނެސްދީފަ އެވެ. އެއީ ފުވައްމުލަކާ ގުޅޭ ގޮތުން މިހާ ތަނަށް ރާއްޖޭގެ މީޑިއާ އަކުން ހެދި އެންމެ ބޮޑު ކަވަރޭޖެވެ. އެ ކަވަރޭޖުގައި ފުވައްމުލަކުގެ ތާރީޚާއި ތައުލީމާއި ސިއްހީ މައްސަލަ ތަކާއި ތިމާވެށީގެ އިތުރުން ރަށާ ގުޅުން ޝައުގުވެރި އިތުރު ގިނަ ރިޕޯޓުތަކެއް ސަން އިން ވަނީ ކަވަރުކޮށްފަ އެވެ.

"ސަން ރަށަށް" ދެވަނަ ދަތުރު ކުރުމަށް މިހާރު ގަސްދުކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

"ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ސަން ޓީމު ރަށްރަށަށް ގެންދަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 3312747 ނުވަތަ 9982747 ނުވަތަ 9992747 އަށެވެ.

comment ކޮމެންޓް