އިންޑިއާ ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާކުރާ ހެލިކޮޕްޓަރު މާލެ ގެނެސްފި

19:00


އިންޑިއާ ސަރުކާރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ހަދިޔާކުރާ ހެލިކޮޕްޓަރު މިއަދު މާލެ ގެނެސްފި އެވެ.


އެމްއެންޑީއެފްގެ ލެފްޓިނަންޓް އަބްދުﷲ އަލީ ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދިން އެ ހެލިކޮޕްޓަރު ހެންވޭރު ފާކްކުގައި ބުދަދުވަހު ހަވީރު ބާއްވާ ރަސްމިއްޔާތެއްގައި ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރާނެ ކަމަށެވެ.


އަބްދުﷲ އަލީ ވިދާޅުވީ އެ ހެލިކޮޕްޓަރުގެ ސަބަބުން ސިފައިންގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ހާއްސަކޮށް، ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމާއި ބަލި މީހަކު ކުއްލި ގޮތަކަށް ތަނަކަން ގެންދަން ވެސް ބޭނުންކުރެވޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.


އަބްދުﷲ އަލީ ވިދާޅުވީ ދިވެހި ޕައިލެޓުން ތަމްރީން ކުރެވެންދެން ހެލިކޮޕްޓަރު ދުއްވާނީ އިންޑިއާ ޕައިލެޓުން ކަމަށެވެ. އަދި މިހާރު ވެސް ސިފައިންގެ ތެރޭގައި ތިބި ޕައިލެޓުންނާއި އިތުރު ސިފައިން ތަމްރީން ކުރުމަށްޓަކައި އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ޕްރޮގުރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ. އަދި އިތުރު ޕައިލެޓުން އުފެއްދުމަށްޓަކައި އިންޑިއާ އަށް ސިފައިން ފޮނުވާނެ ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު