Sun Online
ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ: މި މައްސަލައަކީ މިރަށަށް ދިމާވެފައިވާ އެންމެ ސީރިއަސް އަދި އެންމެ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލަ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ: މި މައްސަލައަކީ މިރަށަށް ދިމާވެފައިވާ އެންމެ ސީރިއަސް އަދި އެންމެ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލަ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލައް ނެތިދާނެ ކަމުގެ އިންޒާރު ދެނީ ހޭޅިފަށުން!

މުޙައްމަދު ނާސިހް
ލިޔުނީމުޙައްމަދު ނާސިހް

ފުވައްމުލަކުން: މުހައްމަދު ނާސިހު

ރާއްޖޭގެ އެއްމެ އެކަނިވެރި އަތޮޅަކީ ވެސް ފުވައްމުލަކެވެ. ސަބަބުތައް ވަރަށް ގިނަ އެވެ. ރާއްޖޭގެ އެހެން އަތޮޅުތަކާ ޚިލާފަށް އެއް ރަށަކަށް ނިސްބަތްވާ ވަށައިގެން ކަނޑު އޮންނަ ހަމައެކަނި އަތޮޅަކީ ފުވައްމުލަކެވެ.

ސީދާ ކަނޑުން އެއްވެސް ނިވަލެއް ނެތި ހޮޅިނަގައި އަންނަ ރާޅުގެ ދިފާއުގައި ކުރެވޭނެ މާބޮޑު ކަމެއް މި ރަށަކަށް ނެތެވެ. ފުވައްމުލަކަށް ދިމާވެފައިވާ އެއްމެ ބޮޑު އެއް މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ އެވެ. މިއީ އެ ރަށަށް ދިމާވެފައިވާ ޒަމާންވީ މައްސަލަ އެކެވެ.

'ސަން' އިން ވާހަކަ ދެއްކި ފުވައްމުލަކުގެ ބައެއް މީހުން ބުނީ ރަށްގިރުމަކީ މިވަގުތު އެ ރަށަށް ދިމާވެފައިވާ އެއްމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"ރަށް ގިރުމަކީ އަހަރަމެންގެ އެއްމެ ބޮޑު ކަންބޮޑުވުން" ފުނާޑަށް ނިސްބަތްވާ ހައްޖަ ބުންޏެވެ.

ފުވައްމުލައް އުފެދިފައި އޮންނަނީ ރަށުގެ ފަސްގަނޑަށް ވުރެ ހޭޅިފަށް އުސްކޮށެވެ. އެހެންކަމުން ރަށް ގިރައިގެން ގޮސް ރަށު ތެރެއަށް ލޮނު ވަނުމުގެ ފުރުސަތު ބޮޑެވެ.

ރަށް ގިރުން ގިނަ ރަށްރަށަށް ދިމާވެފައިވާ މައްސަލައެއް

ރަށް ގިރުމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ، ގާތްގަނޑަކަށް 200 ރަށުގެ ތެރެއިން 114 ރަށަކަށް ވަނީ ރަށް ގިރުމުގެ މައްސަލަ ދިމާވެފަ އެވެ. އޭގެ ތެރެއިން 67 ރަށެއްގައި ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި އެވެ. ރަށް ގިރުމުގެ މައްސަލަތައް ދިމާވެފައިވާ ގިނަ ރަށްރަށާ ފުވައްމުލަކާ ތަފާތެވެ. ގިނަ ރަށްށުގައި ގުދުރަތީގޮތުން އެ ރަށްރަށުގެ ހިމާޔަތަށް ގުދުރަތީގޮތުން ހުންނަނީ ފަރެއް ލެވިފަ އެވެ. އެހެންނަމަވެސް ފުވައްމުލަކު ވަށައިގެން އެފަދަ ފަރެއް ނެތެވެ. އޭގެ އިތުރުން ފުވައްމުލައް އުފެދިފައި އޮންނަނީ ރަށުގެ ފަސްގަނޑަށް ވުރެ ހޭޅިފަށް އުސްކޮށް ކަމުން ރަށް ގިރައިފި ނަމަ އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑުވާނެ ރަށަކަށް ފުވައްމުލައް ވާނެ އެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ: މި މައްސަލައަކީ މިރަށަށް ދިމާވެފައިވާ އެންމެ ސީރިއަސް އަދި އެންމެ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލަ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވި ސަބަބުތައް

ރަށް ގިރުމުގެ މައްސަލައަކީ މީގެ ވިއްސަކަށް އަހަރު ކުރިން ވެސް ދިމާވަމުން އައި މައްސަލައެއް ކަމަށް މި ރަށުގެ ކުރީގެ އަތޮޅުވެރިޔާގެ މުއާވިން ހުސައިންޝަރީފު ވިދާޅުވި އެވެ.

ނަމަވެސް ރަށްގިރުން އިތުރަށް ގޯސްވި ސަބަބުތަކުގެ ތެރޭގައި ގެތައް ރޭނުމަށް ގޮނޑުދޮށުން ވެލި ނެގުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެ އަޅަށް ބޭނުންވާ ވެއްޔާއި އަކިރިން ނަގަމުންދިޔައީ ރަށުގެ ގޮނޑުދޮށުން" ކަމަށާއި އޭގެ ސަބަބުން ރަށްގިރުން ބޮޑުވެގެން ދިޔަ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ބަނދަރު ހެދުމުގެ ސަބަބުން ވެލި ދައުރުވާގޮތަށް ބަދަލު އައިސް އިރުމަތީ، ފަރާތުން ރަށް ގިރުން އިތުރުވި އެވެ. އަދި ރަށަށް ވަންނަ ނެރު ހަދަންވެގެން އާނުގަނޑުން ބޮޑު ބައެއް ގޮއްވާލައި ފަޅުން ބޮޑެތި ގާތައް ނެގުމުގެ ސަބަބުން ވެސް ރަށް ގިރުމުގެ މައްސަލަ އިތުރަށް ގޯސްވި އެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ: މި މައްސަލައަކީ މިރަށަށް ދިމާވެފައިވާ އެންމެ ސީރިއަސް އަދި އެންމެ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލަ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިން ރަށްގިރަމުން އައީ ރަށުގެ އިރުމަތީ ފަރާތުން ކަމަށްވީ ނަމަވެސް މިހާރު ހުޅަގު ފަރާތުން ވެސް ރަށް ގިރަމުންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ. 'ސަން' ރަށަށް ޓީމު ރަށުގެ ތުނޑީގެ އެކި ސަރަހައްދަށް ޒިޔާރަތްކުރުމުން ވެސް ވަރަށް ބޮޑަށް ރަށްގިރާފައިވާ ކަމަށް ފާހަގަކުރެވެ އެވެ. އަދި ދޫޑިގަމް ސަރަހައްދުން 50 ވަރަކަށް ފޫޓު ރަށު ތެރެއަށް ގިރާފައިވާ ކަމަށް ބައެއް މީހުން ސަން އަށް ބުންޏެވެ.

"މި ރަށަކީ ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފު ރަށެއް. މި ރަށް މި އޮންނަނީ ބޯތައްޓެއްގެ ސިފައިގައި. ވަށައިގެން މި އޮންނަނީ އުސްކޮށް މެދު މި އޮންނަނީ އަޑިކޮށް ދެން [ރަށުގެ] މެދުގައި އަލަ އޮޅުތަކާއި ޗަސް ބިންތަކާއި ކުޅި މި އޮންނަނީ. މިހާރު ގިރަމުންގޮސް ޚާއްސަކޮށް އިރުމަތީ ފަރާތުގެ ބައެއް ސަރަހައްދުތަކުން އުސްކޮށް އޮންނަ ސަރަހައްދު ނެތުމާއި ކައިރިވަމުން އަންނަނީ. އަންނަ ރާޅުތައް ރަށު އެތެރެއަށް ދާން ފަށައިފިއްޔާ ހުރިހާ އޮޅުތަކާއި ކުޅި ވެސް ލޮނުވެގެންދާނީ،"' ޝަރީފު ވިދާޅުވި އެވެ.

ޒަމާނުއްސުރެ ރަށް ގިރާ ވާހަކަ ދައްކާ

ފުވައްމުލަކަށް ނިސްބަތްވާ އަހުމަދު ސައީދު ބުނީ އޭނާ ހަނދާން ހުންނަ އިރުއްސުރެ އަބަދުވެސް ރަށް ގިރާ ކަމަށެވެ.

"އަޅުގަނޑުމެން ހަނދާން ހަމަ ރަނގަޅަށް އެބަހުރި އަޅުގަނޑުމެން ކުޑައިރު ރުއްގަސްތައް ހުރި ސަރަހައްދު މިހާރު ގިރައިގެން ގޮސް އެއްކޮށް މޫދުގައި އެއޮތީ." ސައިދު ބުންޏެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު

ރަށްގިރުމުގެ މައްސަލަ ހައްލުކުރަން 19 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް

ފުވައްމުލަކުގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރަން ނެދެލާންޑް ސަރުކާރުގެ އެހީގައި ގާތްގަނޑަކަށް 19 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށަން ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފު ވިދާޅުވި އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ރަށް ވަށައިގެން ގާތްގަނޑަކަށް ދެ ކިލޯ މީޓަރުގެ ސަރަހައްދެއްގައި ޓްރައިޕޮޑް ގާ ޖަހަން ނިންމާފައިވާ ކަމަށް ފަލާހް ވިދާޅުވި އެވެ. އެ ޕްރޮޖެކްޓްގެ ފުވައްމުލަކުގެ ޒަމާންވީ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ އެވެ.

"އެ ޕްރޮޖެކްޓްގެ ފެށުމަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައި ވަނީ. ވަރަށް ބޮޑަށް ދިރާސާކުރެވި އަދި އީއައިއޭ [އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް] ވެސް ވަނީ ހަދާފައި. އަންނަ އަހަރު ޕްރޮޖެކްޓް ފެށޭނެ ކަމަށް މި ބަލަނީ،" ފަލާހް ވިދާޅުވި އެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ: މި މައްސަލައަކީ މިރަށަށް ދިމާވެފައިވާ އެންމެ ސީރިއަސް އަދި އެންމެ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލަ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މި ޕްރެޖެކްޓާ އެކު ފުވައްމުލަކު ރައްޔިތުންނަށް ހިނުތުންވުން ގެނެސްދޭނެ އެވެ. ގިރަމުންދާ މައްސަލަ އަށް ހައްލެއް އަންނާނެ އެވެ. ރައްޔިތުންގެ އުންމީދާ ގުޅިފައި ވަނީ އެ މަޝްރޫއު އެވެ.

infinity loading...
×
DB released 01.