ކިޔުރިޔޮސިޓީން ނެގި ފޮޓޯއަކުން މާސްގައިި މީހެއް ވައްތަރު ސޫރައެއްް ފެނިއްޖެ

މާސް ޕްލެނެޓުން ފެނުނު އަންހެން މީހާގެ ފޮޓޯ --

ވޮޝިންޓަން (އޮގަސްޓް 9): މާސް ޕްލެނެޓްގެ ސަތަހު ފޮޓޯނަގައި ދިރާސާކޮށް ބެލުމަށް އެމެރިކާ އިން ފޮނުވި އުޅަނދު ކިޔުރިޔޮސިޓީން ނެގި ފޮޓޯއަކުން އެ ޕްލެނެޓްގައި އަންހެނަކާ ވައްތަރު ސޫރައެއް ފެނިއްޖެ އެވެ.

ކިޔުރިޔޮސިޓީން ބިމުގެ ސްޓޭޝަނަށް ފޮނުވި ފޮޓޯތަކުގެ ތެރޭގައި ދިގު އިސްތަށިގަނޑެއްލާފައި ހުރި އަންހެނަކު ފެންނަ އެތަށް ފޮޓޯއެއް ހިމެނެ އެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި މިއަންހެންމީހާ ހުރީ ދިގު ހެދުމެއް ވެސް ލައިގެންނެވެ. މިއީ އޭލިޔަންއެއްތޯ ނޫނީ އެހެން މަޚްލޫގެއްތޯ ނޫނީ ފޮޓޯއަކުން ފެންނައިރު ހީވާ ހިވުމެއްތޯ ބެލުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މިހާރު ގެންދަނީ ކިޔުރިޔޮސިޓީ ބޭނުންކޮށްގެން އިތުރު ފޮޓޯތައް ނެގުމަށް މަސައްކަތް ކުރަމުންނެވެ.

އޭލިޔަނުންނަކީ ވެސް ޖައްވުގައި ނޫނީ ޕްލެނެޓްތަކުގައި އުޅޭ މަޚްލޫގާތުތަކެއް ކަމަށް ބައެއްމީހުން ގަބޫލުކުރެ އެވެ. މީގެ ކުރިން ކިޔުރިޔޮސިޓީން ބިމުގެ ސްޓޭޝަނަށް ފޮނުވި ފޮޓޯއަކުން ކަކުންޏެއް ކަމަށް ބެލެވޭ އެއްޗެއް ވެސް ފެނިފައިވެ އެވެ.

ޕްލެނެޓްތަކުގައި އިންސާނުންނަށް ނުފެންނަ މަޚްލޫގާތު އުޅޭކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. މިފަދަ ވާހަކަތައް ހާމަކުރާ ވެބްސައިޓެއްކަމަށްވާ " UFO Sightings Daily " އިންވަނީ ކިޔުރިޔޮސިޓީން ނެގި ފޮޓޯއަކުން މާސް ޕްލެނެޓްގައި އަންހެނަކު ފެންނަ ޚަބަރު ފަތުރާފަ އެވެ.

ސްޕޭސް އޮބްޖެކްޓްސް ތިޔަރީ ގަބޫލުކުރާ މީހުންގެ ނަޒަރުގައި ޖައްވީ އުޅަނދުތަކަށް ނުފެނުނު ނަމަވެސް މާސްގައި ވެސް އަދި އެހެން ބައެއް ޕްލެނެޓްތަކުގައި ވެސް ބައެއް މަޚްލޫގާތު ނޫނީ ދިރުން ހުރިކާއިނާތު އުޅެ އެވެ. (އާރުޓީ.ކޮމް)

comment ކޮމެންޓް