ޓޮޝިބާގެ ޗީފް އެގްޒެކެޓިވްގެ މުސާރައިގެ 90 އިންސައްތަ ކުޑަށްފި

ޓޮޝިބާގެ ޝޯރޫމެއް ---

ޖަޕާނުގެ މަޝްހޫރު ވިޔަފާރި ކުންފުނި ޓޮޝިބާ އިން އެ ކުންފުނީގެ ވަގުތީ ޗީފް އެގްޒެކެޓިވްގެ ކުރިއަށް އޮތް ދެމަހުގެ މުސާރައިގެ 90 އިންސައްތަ ކުޑަކޮށްފިއެވެ.

ޓޮޝިބާއިން އިން ބުނި ގޮތުގައި، ވަގުތީ ޗީފް އެގްޒެކެޓިވްގެ މުސާރަ ކުޑަކުރަން ނިންމީ އެކުންފުނީގެ ހިސާބު ބެލުމުގައި މައްސަލަތަކެއް ހުރިކަން ފެންމަތިވުމާ ގުޅިގެންނެވެ.

އެކުންފުނިން ބުނިގޮތުގައި ވަގުތީ ޗީފް އެގްޒެކެޓިވް މަސާޗީ މުރޮމަޝީގެ މުސާރައިގެ 40 އިންސައްތަ އުނިކުރަން ކުރީން ވެސް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެހެން އިސް މުއައްޒަފުންގެ މުސާރަ ކުޑަކޮށް ކުއްލި، ހިއްސާދާރުންގެ ބައްދަލުވުމެއް ބާއްވަން ވެސް ޓޮޝިބާ އިން ވަނީ ނިންމާފައެވެ.

ޓޮޝިބާ އިން ވަނީ އިތުރު ލޯޔަރުންނާއި އެކައުންޓެންޓުން ފަދަ ކުންފުނިން ބޭރު މީހުން ޑިރެކްޓަރުންގެ ގޮތުގައި ކުންފުންޏަށް ގެނައުމަށް ވެސް ނިންމާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު