ދުނިޔޭގެ އެންމެ ބޮޑު ޓެލެސްކޯޕު ނިންމުމުގެ މަސައްކަތް ފަށައިފި

ދުނިޔޭގެ އެންމެ ބޮޑު ރޭޑިއޯ ޓެލެސްކޯޕުގެ ފަހު އެތުރުމުގެ މަސައްކަތް ޗައިނާ އިން ފަށައިފި އެވެ.

ދުނިޔެ އިން ބޭރުން ލިބޭ ރޭޑިއޯ ފްރީކުއެންސީ ރޭޑިއޭޝަން ހޯދުމަށް ތައްޔާރު ކުރާ އެ ޓެލެސްކޯޕް ޑިޝްއަކީ 30 ފުޓުބޯޅަ ދަނޑާ އެއްވަރު ޑިޝްއެކެވެ. ޑައިމީޓާގައި 500 މީޓަރު އިންނާނެ ކަމަށް ބުނާ އެ ޓެލެސްކޯޕަކީ މިހާރު ޕުއޮޓެރީކޯގައި އިން ދުނިޔޭގެ އެންމެ ބޮޑު ޓެލެސްކޯޕަށް ވުރެ 195 މީޓަރު ބޮޑު ޓެލެސްކޯޕެކެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޓެލެސްކޯޕު ހެދުމަށް 1.6 ކިލޯމީޓަރުގެ ހުސް ބިމެއް ބޭނުން ކުރާނެ އެވެ. "ފާސްޓް"ގެ ނަމުން ނަން ދެވިފައިވާ އެ ޓެލެސްކޯޕު އެއް ކޮޅުން އަނެއް ކޮޅަށް ދިޔުމަށްވެސް 40 ހާ މިނެޓު ހޭދަވެ އެވެ.

ޗައިނާގައި ހަދަމުން އަންނަ ޓެލެސްކޯޕުގެ މަސައްކަތް ނިމުމުން ހުންނާނެ ގޮތުގެ ނަމޫނާއެއް---

ޗައިނާގައި އުފައްދާ ސެންސިޓިވް ޓެލެސްކޯޕުގެ މަސައްކަތް ފެށިފައި ވަނީ 2011 ވަނަ އަހަރުގަ އެވެ. ފަހު އެތުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެ ޓެލެސްކޯޕުގެ ރިފްލެކްޓާގައި މިހާރު ވަނީ 4،450 ތިނެސްކަނުގެ ޕެނަލްތައް ހަރުކޮށްފަ އެވެ.

އެ ޓެލެސްކޯޕް ހެދުމުގެ ޕްރޮޖެކްޓާ ހަވާލުވެ ހުރި ޗައިނާގެ އެސްޓްރޯނޮމާ ނަން ރެންޑޮންގް ބުނީ ޓެލެސްކޯޕު ޑިޝް ބޮޑުވި ވަރަކަށް އެ ޓެލެސްކޯޕު ވަރުގަދަ ވާނެ ކަމަަށެވެ.

އަންނަ އަހަރު އެ ޓެލެސްކޯޕު ހަދާ ނިމޭނެ ކަމަށް އެ ޕްރޮޖެކްޓްއާ ހަވާލުވެ ހުރި ފަރާތްތަކުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު