ދިވެހިބަސް ދަސްކުރުމުގެ ޝައުގުވެރިކަން ބިޕާޝާގެ އެބަހުރި!

"ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" މިހާރު ކުރިއަށްދާ ޝޯގައި ބިޕާޝާ އަދި އޭނާގެ ލޯބިވެރިޔާ ކަރަން: ފޮޓޯ-- އެފްބީ

"ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" މިހާރު ކުރިއަށް ދާ ޝޯގައި އާންމުންނަށް ފެނިލުމުގެ ގޮތުން ސްޓޭޖަށް އެރުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަދި ހޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ބިޕާޝާ ބާސޫ ބުނެލީ "ހާލު ކިހިނެއް؟" މި ހެންނެވެ.

އެ ބަސް ދިވެހިން ބުނުން އެކަންޏެއް ނޫނެވެ. ބިޕާޝާ ހަގީގަތުގައި ވެސް ދިވެހި ބަހަށް ޝައުގުވެރިކަން ފާޅު ކުރި އެވެ. ދިވެހިން ބިޕާޝާ ވަނީ އިތުރު ބަސްތަކެއް ވެސް ދަސްކޮށްފަ އެވެ. އެގޮތުން "ގަރުދިޔަ" އެ ބަސް ދިވެހިން ބުނުމަށްފަހު އެ ކާން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބިޕާޝާ ބުނީ ރާއްޖެއަށް އައުމަކީ އަބަދު ވެސް ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. ބިޕާޝާގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި ކަރަން ސިންގް ވެސް ވަނީ ރާއްޖޭގެ ރީތި ކަމަށް ތައުރީފުކޮށްފަ އެވެ. ކަރަން ބުނީ "ސަނީ ސައިޑް އޮފް ލައިފް" އެހެން ބުނުމުން އެއީ ރާއްޖެ ކަމާމެދު ސުވާލެއް ވެސް ނުއުފެދޭހާ ރީތި ކަމަށެވެ.

ބިޕާޝާ ބުނީ ޗުއްޓީ ހޭދަކޮށްލުމަށް ކޮންމެ މަހަކު ވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށެވެ. އަދި ބުނީ ރީތި ރީތި ގައުމަކަށް ނިސްބަތްވީތީ ހުރިހާ ދިވެހިންނަކީ ވެސް ނަސީބު ގަދަބައެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ޗުއްޓީތަކުގައި ވެސް އަދި ފިލްމު ކުޅުމަށް ވެސް ރާއްޖެ އަންނަން ބޭނުން،" ބިޕާޝާ ބުންޏެވެ.

ބިޕާޝާ އަދި އޭނާގެ ލޯބިވެރިޔާ ވެސް ވަނީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މުނާއްސަބަތާ ގުޅިގެން ހުރިހާ ދިވެހިންނަށް ދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.

comment ކޮމެންޓް