ސަނަމް ޕޫރީ ރާއްޖެ ދެކެ "ލޯބިވެއްޖެ"!

ސަނަމް ބޭންޑު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ- ސަނަމް އެފްބީ

"ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް"ގައި ޕާފޯމްކުރުމަށް މިވަގުތު ރާއްޖެ އައިސްގެން އުޅޭ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ ރާއްޖޭގެ ހިތްގައިމު މާހައުލު ދެެކެ ލޯބި ވެއްޖެ އެވެ.

ސަނަމް ބޭންޑުގެ ރައްސްމީ ފޭސްބުކް ޕޭޖުގައި ރާއްޖޭގެ ހިތްގައިމުކަމާ ރީތިކަން ދައްކުވައިދޭ ތަފާތު ޕޯސްޓުތަށް ކޮށްފައިވާއިރު، އެތަނުން އެއް ޕޯސްޓުގައި ބުނެފައި ވަނީ ރާއްޖޭގެ ހިތްގައި މޫދުން އުފާލިބިގަންނަނީ ކަމަށާއި ސަނަމް ބޭންޑު ރޭއްޖެ ދެކެ ލޯބިވާ ކަމަށެވެ.

Sea ing is believing ... :-)) Maldives we are in love :-)

Posted by Sanam on Thursday, 23 July 2015

ސަނަމް ބޭންޑު މާލެ އައިސްފައިވަނީ މިދިއަ ބުދަ ދުވަހު އެވެ. އެދުވަހު އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަނަމް ބުނެފައި ވަނީ "ކުރުނބާ ފެނާއި މަހުގެ މީރު ވާހަކަ އަޑު އަހަން" ކަމަށެވެ.

ސަނަމް ބޭންޑަށް ވެލްކަމް ޑްރިންކެއްގެ ގޮތުން އަރުވާފައި ވަނީ ކުރުނބާ އެވެ. "އޭގެ ރަހަ ވަރަށް ވަރަށް މީރު" ކަމަށް ބޭންޑުގެ ހުރިހާ ބައިވެރިން ވެސް ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުން ސަނަމް ބޭންޑަށް ރާއްޖެއިން ކަމުދިޔައީ ހަމައެކަނި ކުރުނބާ ފެނެއް ނޫނެވެ.

ފޭސްބުކްގައި ސަނަމް ބޭންޑުން ކުރާ ކޮންމެ ޕޯސްޓެއްގައިވެސް ރާއްޖޭގެ ހިތްގައިމު ވާހަކަ ވަނީ ދައްކާފަ އެވެ.

" ތަސްވީރުގެ ހުރިހާ ދިމާލަކުންވެސް ފުރިހަމަ، މިއީ ރާއްޖޭ " ސަނަމް ބޭންޑް

Every angle is picture perfect :-) Maldives it is ...!!!

Posted by Sanam on Thursday, 23 July 2015

ސަނަމްއަށް ތާއީދު އޮތްވަރު ބަލާލުމަށް މާދަމާ ރޭގެ ޝޯއަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވާފައި ވާއިރު ޝޯއަކީ ސަޕްރައިޒެއް ކަމަށް ސަނަމް ވަނީ ބުނެފަ އެވެ.

ފޭސްބުކްގައި ސަނަމް ބޭންޑުން ކޯށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި "ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" ގައި ޕާފޯމް ކުރުމަށް މިހާރުވެސް ތައްޔާރުވަމުން ދާ ކަމަށެވެ.

އާންމުކޮށްވެސް ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ހިތްގައިމު މޫދާއި ރީތި ހުދު ދޮންވެލިގަނޑަށް ތައުރީފު ކުރެ އެވެ. ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

comment ކޮމެންޓް