އެމްޓީވީ ވީއެމްއޭ: އެންމެ މޮޅު ވީޑިއޯއަކަށް ޓޭލާ ސްވިފްޓް އާއި އެޑް ޝީރަންގެ އިތުރުން ތިން އާޓިސްޓެއް

ވީއެމްއޭ ގެ ނޯމިނީސް: ޓޭލާ ސްވިފްޓް އާއި އެޑް ޝީރަންގެ އިތުރުން އެންމެ މޮޅު ވީޑިއޯ އަށް ވާދަ ކުރާނި ބިޔޯންސޭ އާއި ކެންޑްރިކް ލަމާ އަދި މާކް ރޮންސޮން އާއި ބްރޫނޯ މާސް---

އެންމެ މޮޅު މިއުޒިކް ވީޑިއޯތައް ހޮވުމަށް އެމްޓީވީ އިން ބާއްވަމުން އަންނަ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ)ގެ އެންމެ މޮޅު ވީޑިއޯތަކަށް ޓޭލާ ސްވިފްޓް އާއި އެޑް ޝީރާން އާއި ކެންޑްރިކް ލަމާ އާއި ބިޔޯންސޭ އަދި ބްރޫނޯ މާސް އަދި މާކް ރޮންސޮން ނޯމިނޭޓް ވެއްޖެ އެވެ.

އަންނަ އޯގަސްޓް މަހު ބާއްވާ ވީއެމްއޭގެ މި އަހަރުގެ އެންމެ މޮޅު ވީޑިއޯއަކަށް ފަސް ލަވައެއް ނޯމިނޭޓް ވެފައިވާއިރު އެ އެވޯޑަށް މިދިޔަ އަހަރު ވެސް މަޝްހޫރު ޕޮޕް-އާރުއެންޑްބީ ލަވަކިޔުންތެރިޔާ ބިޔޯންސޭ ވަނީ ނޯމިނޭޓް ވެފައެވެ.

ވީއެމްއޭގެ މި އަހަރުގެ އެންމެ މޮޅު ވީޑިއޯތަކަށް ނޯމިނޭޓް ވެފައި ވަނީ ޓޭލާ ސްވިފްޓްގެ "ބޭޑް ބްލަޑް" އާއި އޭޑް ޝީރަންގެ "ތިންކިން އައުޓް ލައުޑް" އާއި ކެންޑްރިކް ލަމާ "އޯލްރައިޓް" އާއި ބިޔޯންސޭގެ "11/7" އަދި ބްރޫނޯ މާސް އާއި މާކް ރޮންސޮންގެ "އަޕްޓައުން ފަންކް"އެވެ.

ކޮންމެ އަހަރަކު އެމްޓީވީ އިން ބާއްވަމުން އަންނަ މިއުޒިކް އެވޯޑުން މިދިޔަ އަހަރު އެންމެ މޮޅު ވީޑިއޯ އަކަށް ހޮވިފައި ވަނީ މައިލީ ސައިރަސްގެ "ރެކިން ބޯލް" އެވެ.

އިތުރު ކެޓެގަރީތައް:

އަންހެން އާޓިސްޓުންގެ އެންމެ މޮޅު ވީޑިއޯތައް:

  1. ނިކީ މިނާޖް – "އެނެކޮންޑާ"
  2. ޓޭލާ ސްވިފްޓް – "ބޭޑް ބްލަޑް"
  3. ސިއާ – "އިލާސްޓިކް ހާޓް"
  4. ބިޔޯންސޭ – "11/7"
  5. އެލީ ގޫލްޑިން – "ލަވް މީ ލައިކް ޔޫ ޑޫ"

އަރަމުން އަންނަ އާޓިސްޓުންތައް:

  1. އެފްކޭއޭ ޓްވިގްސް – "ޓޫ ވީކްސް"
  2. ވާންސް ޖޯއި – "ރިޕްޓައިޑް"
  3. ޖޭމްސް ބޭ – "ހޯލްޑް ބެކް ދަ ރިވާ"
  4. ފެޓީ ވެޕް – "ޓްރެޕް ކުއީން"
  5. ޖޯޖް އެޒްރާ – "ބޫޑަޕެސްޓް"

އެންމެ މޮޅު ޕޮޕް ވީޑިއޯ:

  1. އެޑް ޝީރަން – "ތިންކިން އައުޑް ލައުޑް"
  2. ޓޭލާ ސްވިފްޓް – "ބްލޭންކް ސްޕޭސް"
  3. މެރޫން ފައިވް – "ޝުގާ"
  4. ބިޔޯންސޭ – "11/7"
  5. މާކް ރޮންސޮން އާއި ބްރޫނޯ މާސް – "އަޕްޓައުން ފަންކް!"

އެންމެ މޮޅު ކޮލެބޮރޭޝަން:

  1. ޓޭލާ ސްވިފްޓް އާއި ކެންޑްރިކް ލަމާ – "ބޭޑް ބްލަޑް"
  2. އާރިއާނާ ގްރާންޑޭ އާއި ނިކި މިނާޖް އަދި ޖެސީ ޖޭ – "ބޭންގް ބޭންގް"
  3. ވިޒް ޚަލީފާ އާއި ޗާލީ ޕުތު – "ސީ ޔޫ އެގެއިން"
  4. ބްރޫނޯ މާސް އާއި މާކް ރޮންސޮން – "އަޕްޓައުން ފަންކް!"
  5. އާރިއާނާ ގްރާންޑޭ އާއި ދަ ވީކެންޑް – "ލަވް މީ ހާޑާ"
comment ކޮމެންޓް
ގުޅޭ ޚަބަރު