އުމުރުން 60 އަހަރުގައި އެކްޓްރެސް ސުހާސިނީ މުލޭ ކައިވެނިކޮށްފި

މަޝްހޫރު ތަރި ސުހާސިނީ މުލޭ---

ގިނަ ޓީވީ ސްރީޒްތަކުންނާއި ފިލްމުތަކުގައި ހަރަކާތްތެރިވާ މަޝްހޫރު ތަރި ސުހާސިނީ މުލޭ އުމުރުން 60 އަހަރުގައި ކައިވެނިކޮށްފި އެވެ.

ލޯބި ވުމަށް އެއްވެސް އުމުރެއް ނުވާ ކަމަށާއި ލޯބިވާ މީހަކާ ދިމާވުމުން ހަމަ އިންނަންވީ ކަމަށް ސުހާސިނީ ބުންޏެވެ.

ގިނަ ބައެއްގެ ގަބޫލުކުރުންތަކަކަށް ރައްދު ދެމުން ސުހާސިނީ މީހަކާ ކައިވެނި ކޮށްފައިވާ އިރު އޭނާގެ ހަޔާތުގެ ބައިވެރިއާ ދިމާވެފައި ވަނީ ފޭސްބުކް އިން ކަމަށް އޭނާ ބުންޏެވެ.

އުމުރުން ދުވަސްވުމުން އިންޑިއާގައި ކައިވެނިކޮށް އުޅުމަކީ އާންމު ކަމަކަށް ނުވާ އިރު ސުހާސިނީ ކައިވެނި ކޮށްފައި ވަނީ ފިޒިސިސްޓެއް ކަމަށްވާ އަތުލް ގޯރުތީއާ އެވެ.

ރިޕޯޓުތަކުން އެނގޭ ގޮތުގައި ފުރަތަމަ އަތުލް ފެނިފައި ވަނީ ސުހާސިނީއަށެވެ. އަތުލް އޭނާގެ މަރުވެފައިވާ ކުރީގެ އަންހެނުންނާ ގުޅޭ ގޮތުން ލިޔެ އޮންލައިންކޮށް ޝެއާ ކުރި ލިޔުމަކާ ގުޅިގެން ސުހާސިނީ އޭނާއާ ވާހަކަ ދައްކާފައި ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ބުނެ އެވެ.

ސުހާސިނީ ވަނީ މިއަހަރު ނެރުނު ފިލްމު "ހަމާރީ އަދޫރީ ކަހާނީ" އިން މަންމައެއްގެ ރޯލުން ފެނިގެން ގޮސްފަ އެވެ. ހަމައެފަދައިން މަޝްހޫރު ފިލްމު "ލަގާން" އިން ވަނީ އާމިރު ހާންގެ މަންމަގެ ރޯލުން ވެސް އޭނާ ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު