ޗުއްޓީ ހޭދަކޮށްލަން އެމީލިއާ ކްލާކް ރާއްޖެއަށް

އެމީލިއާ ކްލާކް ގޭމް އޮފް ތްރޯންސްގެ މަންޒަރަކުން---

އެޗްބީއޯގެ މަޝްހޫރު ޓިވީ ޝޯ "ދަ ގޭމް އޮފް ތްރޯންސް"ގެ މުހިއްމު ރޯލެއް އަދާ ކުރާ އެމީލިއާ ކްލާކް ރާއްޖެ އަތުވެއްޖެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ގޭމް އޮފް ތްރޯންސްގައި ޑިނޭރިއަސް ޓާގޭރިއަންގެ ރޯލު ކުޅޭ ކްލާކް މި މަހުގެ 30 ގެ ނިޔަލަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނެ އެވެ. އޭނާ ޗުއްޓީ ހޭދަ ކުރަނީ އަނަންތަރާ ރިސޯޓުގަ އެވެ.

ގޭމް އޮފް ތްރޯންސްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކެރެކްޓާ މިއަދު ރާއްޖެ އަތުވެފައިވާއިރު ދާދި ފަހުން އޭނާ ވަނީ އުނަގަނޑުގެ ކަށިގަނޑެއްގައި ރެނދެއްލައި އެދުމަތިކޮށްފަ އެވެ. އަދި އޭނާ ހިނގާބިނގާވެ އުޅެނީ އަސާގެ ބޭނުންކޮށްގެންނެވެ.

ކްލާކް އަށް އުނަގަނޑުގެ އެކްސިޑެންޓްވެފައި ވަނީ ދާދި ފަހުން ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވެޒިންގާ އާއެކު ބްރޭކް ޑާންސް ކުރަން އުޅުމުގެ ތެރޭގަ އެވެ.

އޭނާގެ އަނިޔާއާ ބެހޭ ގޮތުން އެންމެ ފުރަތަމަ ކްލާކް މައުލޫމާތު ދީފައި ވަނީ އާނޯލްޑްއާއެކު ބޮޑު ރޯލަކުން ފެނިގެންދާ "ޓާމިނޭޓާ: ޖެނެސިސް" ފިލްމުގެ ޕްރިމިއާގަ އެވެ.

ގޭމް އޮފް ތްރޯންސްގެ ސީޒަން ފަހެއް މިހާރު ނިމިފައިވާއިރު އަންނަ އަހަރުގެ ސީޒަން ހަޔަކަށް އެ ސީރީޒް ތައްޔާރު ވަމުންދާއިރު އޭގެއިން ސިއްސުވާލާނެ އެތައް ކަމެއް ފެނިގެންދާނެ ކަމަށް ކްލާކް ބުންޏެވެ. އަދި ސީޒަން އަޔަކީ އެހެން ސީޒަންތަކަށްވުރެ ސިއްސުވާލާ މަންޒަރުތައް ގިނައިން ފެނިގެންދާނެ ސީޒަނެއް ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް