ހުޅުމާލޭ ފްލެޓަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފްކެޓުތަކެއް --- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ފްލެޓަކުން މިއަދު ހެނދުނު ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މިއަދު ހެނދުނު 6:10 އެހާކަންހާއިރު ހުޅުމާލޭ ފްލެޓަކުން އެސާ ބްރޭންޑުގެ ލެޕްޓޮޕެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ އެމީހާގެ ބަންދަށް 14 ދުވަސް ޖަހާފައެވެ.

މީގެއިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިހިތަކަކާ އެކު އިއްޔެ ވަނީ ހުޅުމާލޭ ފްލެޓަކުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އިއްޔެ މެންދުރު ފަހު 2:15އެހާކަންހާއިރު އެމީހުން ހައްޔަރުކޮށް، އެމީހުން ތިބި ފްލެޓު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 77 ސެލޯފިން ކޮޅާއި ރަބަރު ފަސް ޕެކެޓްގެ އިތުރުން މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހޭކިފައިހުރި ޕެކެޓް ތަކަކާއި ހުސް ޕެކެޓް ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށް ހަތް ދުވަސް އަދި 20 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ހުޅުމާލޭ ކޯޓުން ވަނީ ޖަހައިދީފައެވެ.

comment ކޮމެންޓް