މަޝްހޫރު މާރިއޯ ގޭމް އުފެއްދި މީހާ ކެންސަރު ބަލީގައި ނިޔާވެއްޖެ

މާރިއޯ ގޭމް އުފެއްދި ނިންޓެންޑޯގެ ޕްރެޒިޑެންޓް އަދި ސީއީއޯ ސަޓޮރު އިވާޓާ - ފޮޓޯ/ ބީބީސީ

މުޅި ދުނިޔޭގައި އަދި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު މާރިއޯ ގޭމް އުފެއްދި ނިންޓެންޑޯ ކުންފުނީގެ ޕްރެޒިޑެންޓް އަދި ސީއީއޯ ސަޓޮރު އިވާޓާ ކެންސަރުބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

ސަޓޮރު އިވާޓާ ނިޔާވެފައި ވަނީ މިދިއަ ހޮނިހިރު ދުވަހު ކެންސަރު ބަލީގަ އެވެ.

ޖަޕާނަށް އުފަން އިވާޓާގެ ނިންޓެންޑޯ ގޭމް ކުންފުނިން ވަނީ މާރިއޯ ގޭމްގެ އިތުރުން އާންމުގެ ތެރޭގައި މަގުބޫލު އެތައް ގޭމެއް އުފައްދާފަ އެވެ.

ގޭމު ކުޅޭ މީހުންގެ ހިތްތަކުން ފުރިހަމަ ޖާގައެއް ހޯދާފައިވާ ނިންޓެންޑޯ ވަނީ ފަސޭހައިން ގޭމްކުޅެވޭނެ ގޮތް ހެދުމަށާއި ގޭމަށް މީހުން ޝައުގުވެރި ކުރުވުމަށް ތަފާތު ގިނަ އުފެއްދުންތަކެއް ވެސް އުފައްދާފަ އެވެ.

ސަޓޮރު އިވާޓާގެ ލިންޓެންޑޯ ވެގެން ގޮސްފައި ވަނީ ގޭމްތަކުގެ ސިކުޑީގެ ވެރިއެއްގެ ގޮތުގަ އެވެ. އަދި ގޭމުކުޅުމުގެ ހުނަރު އިތުރުކޮށްދީ ގޭމަށް ބަދަލުތަކެއް ގެނެސްދިން މީހެއްގެ ގޮތުގައި ގިނަ ބަޔަކު ނިންޓެންޑޯ ފާހަގަކުރެ އެވެ.

އިވާޓާ ނިޔާވުމާއި ގުޅިގެން އޭނާގެ ހަނދާނުގައި ގިނަ ބަޔަކު ދަނީ ސޯޝިއަލް މީޑިއާގައި ހާއްސަކޮށް ޓްވިޓާގައި އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރަމުންނެވެ.

comment ކޮމެންޓް