ޖެނިފާ: ދިރިއުޅުމުގެ ގޮންޖެހުންތަކުން މަރުވާން އުޅުމަށް ފަހު މުސްލިމަކަށް

އަހަރެންގެ ނަމަކީ ޖެނީފާ ބެލް އެވެ. އަހަންނަކީ އެމެރިކާގެ ރައްޔިތަކީމެވެ. އަހަރެން ކުޑައިިރު ދިރިއުޅުނީ އެހާބޮޑަށް ތަރައްްގީނުވެ އޮތް ހިސާބެއްގައެވެ. އެ ހިސާބުގައި އުޅެނީ ހަަމައެކަނި ކްރިސްޓިއަނުންނާއި ދީން ގަބޫލު ނުކުރާ މީހުންނެވެ. އެހެން ދީނެއްގެ ބަޔަކު ނޫޅެއެވެ. ގާތްގަނޑަކަށް އުމުރުން އަށް އަހަރުގައި އަހަންނަށް ކްރިސްޓިއަން ދީނުގެ ބައެއް ކަންކަން ގަބޫލުކުރަން ދަތިވިއެވެ. އަދި އީސާގެ ފާނަކީ ﷲ ގެ ދަރިކަލެއްް ކަަމަށް ގަބޫލުކުރަން ދަތިވިއެވެ.

ހަގީގަތް ހޯދަން މަސައްކަތްކުރުން

އަހަރެން މަޑުމަޑުން ހަގީގަތް ހޯދަން މަސައްކަތްކުރީމެވެ. އެއް ފައްޅީން އަނެއް ފައްޅިއަށް ދިޔައީމެވެ. އެހެންނަމަވެސް އަހަންނަށް އެދެވޭ ޖަވާބެއް ނުލިބުނެވެ. ހަގީގީ ތެދު މަގު ނުހޯދޭނެ ކަމަށް އަހަންނަށް ހީވިއެވެ.

ފުރާވަރު ޣާފިލްކަންމަތީ

އަހަރެންގެ ފުރާވަރުގެ އުމުރުގައި ފާފަކުރުމުގައި ހޭދަކުރީމެވެ. ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުުރުމާއި ޒިނޭ ކުރުމުގައެވެ. ނުބައި ކަމެއް އޮވެއްޖެއްޔާ އަހަރެން ނުކުރާ ކަމެއް ނޯންނާނެއޭ ވެސް ބުނެވިދާނެއެވެ. އެހެންނަމަވެސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުުލިބެއެވެ. ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން އަަހަރެން ވަރަށް ބަލިކަށިވިއެވެ. ބައެއް ފަހަރު އަހަރެން އަމިއްލައަށް މަރުވާން ވެސް އުޅުނީމެވެ. ބައެއް ފަހަރު އެހެން މީހުން އަހަރެން މާރާލަން ވެސް އުޅުނެވެ.

ލޯބިވެރި އާއި ދިމާވުން

ކޮލެޖްގައި ކިޔަވަމުން ދިޔަ އިރު އަހަރެންގެ މިހާރުގެ ފިރިމީހާ އާއި ދިމާވިއެވެ. އޭނާ އަކީ ވަރަށް ފުރިހަމަ އަޚުލާގެެއްގެ ވެރިއެކެވެ. އެހެންނަމަވެސް އޭނާ އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެެވެ. އަހަންނާ ދޭތެރޭ އޭނާ ޝައުގުވެރިވީ ކީއްވެ ކަަމެއް ނޭނގެއެވެ. އަހަރެން ގޯސްކަންތައްތައް ކުރުން ހުއްޓާލަން އޭނާ އެހީތެރިވިއެވެ. އަނެއްކާ ވެސް ހަގީގީ އިލާހު ހޯދުމުގެ މަސައްކަތް އަހަރެން ފެށީމެވެ.

ދީންތައް ދިރާސާ ކުރުން

އަހަރެން ލައިބްރަރީ އަށް ގޮސް ތަފާތު ދީންތަކުގެ ފޮަތްތައް ކިޔަން ފެށީމެެވެ. ހިންދޫ ދީން، ބުދު ދީން ޔަހޫދީ ދީން ފަދަ އެތައް ދީނެއް އަހަރެން ދިރާސާ ކުރީމެވެ. އަހަންނަށް އެ ދީން ތަކަކީ ތެދުމަގުގެ ދީންތައް ކަމަށް ގަބޫލެއް ނުކުރެވުނެވެ. އޭރު އަދި އަހަންނަށް އިސްލާމް ދީނުގެ ވާހަކަ އަޑުނިއިވެއެވެ.

ކައިވެނި ކުރުން

އަހަރެން އަހަރެންގެ ލޯބިވެރިޔާއާ ކައިވެނި ކުރީމެވެ. އަދި އަހަރެންގެ ދިރިއުޅުމާއި ދޭތެރޭ ވަގުތުކޮޅަކަށް ހަމަޖެހިލީމެވެ. އެހެންނަމަވެސް ދިރިއުޅުން އަދި ފުރިހަމަ ނޫން ކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. އަހަރެން ދަރިއަކު ބޭނުންވިއެވެ. އެހެންނަމަވެސް އަހަރެންގެ ރަހިމަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އަހަންނަށް ދަރިއަކު ނުލިބޭނެ ކަމަަށް ޑޮކްޓަރުން ބުންޏެވެ.

އެހެންނަމަވެސް އަހަރެން ހައިރާން ކުރުވަނިވި ކަމެއް ދިމާވިއެވެ. އަހަރެން ބަލިވެއިނީއެވެ. އަހަރެން ބަލިވެއިން ކަން އެނގުމުން މާތް ރަސްކަލާގެއަށް ދުއާކޮށް ޝުކުރު ދެންނެވީމެވެ. އަދި އަހަންނަށް ފިރިހެން ކުއްޖަކު ދެއްވާތޯ ދުއާކުރީމެވެ. އަދި މަންމަ ގޮތަށް ރަތް ކުލައިގެ އިސްތަށި ގަނޑަކާއި ބައްޕަ ގޮތަށް ނޫ ލޮލަކާއި މަންމަ ކަހަލަ ނޭފަތަކާއި ބައްޕަގެ ހިނިތުންވުން އެ ކުއްޖާއަށް ލިބުމަށް އަހަރެން ދުއާ ކުރީމެވެ.

ދަރިއެއް ލިބުމަށް ފަހު އަހަރެންގެ ދުއާގެ މަތިން އަހަރެން ހަނދާން ނެތުނެވެ. އެހެންނަމަވެސް ދާދި ފަހުން އަހަރެން އަހަރެންގެ ދުއާ ހަނދާންވިއެވެ. ތުއްތު ކުއްޖަކު މަންމަގެ ބަނޑުގައި އުފެދިގެން އަންނަ ގޮތާއި ބެހޭގޮތުން ގުރުއާނުގެ އާޔަތްތައް ކިޔުމުންނެވެ. އަހަރެން އެދުނު ހުރިހާ ސިފައެއް އަހަރެންގެ ދަރިފުޅު ގައިގައި ހުއްޓެވެ. އަހަންނަށް މިހާރު ވިސްނޭ ގޮތުގައި އެއީ ﷲ ގެ ފަރާތުން އަހަންނަށް ލިބުނު ހަނދާންކޮށްދިނުމެކެވެ. އަހެންނަމަވެސް އޭރު އަދި އަހަރެން އިސްލާމްދީން ގަބޫލެއް ނުކުރަމެވެ.

ދަރިފުޅު ލިބުމަށް ފަހު އަހަރެން ޑިޕްރެޝަން އަށް ދިޔައެވެ. އަދި އަނެއްކާ ވެސް އަހަރެން އަމިއްލައަށް މަރުވާން އުޅުނީމެވެ. އަހަރެންގެ ދިރިއުޅުން އޮތީ މައްސަލަތަކުން ފުރިފައެވެ. ކައިވެނި އޮތީ ރޫޅޭ ހިސާބުގައެވެ.

ޗެޓް ކުރުން

އަހަންނަށް ދިމާވެފައިވާ މައްސަލަތަކުން ދުރުވުމަށް އަހަރެން އިންޓަނެޓް ޗެޓް ރޫމްތަަކަށް ވަދެ ޗެޓް ކުރީމެވެ. އަހަންނަށް ތަފާތު މީހަކާ ދިމާވިއެވެ. އޭނާ އަކީ އެމެރިކާ މީހެއް ނޫންކަން އަހަންނަށް އެނގުނެވެ. އޭނާ އިނގިރޭސި އަކަށް އެހާ ފަރިތައެއް ނޫނެވެ. އަހަރެން ތަކުރާރުކޮށް އޭނައާ ޗެޓްކުރަން ފެށީމެވެ. އޭނައަކީ މުސްލިމެއް ކަމަށް ބުންޏެވެ. އަދި އިސްލާމް ދީނުގެ މައުލޫމާތު ދިނެވެ. އަދި އިސާގެ ފާނަކީ ﷲ ގެ ދަރިކަލެއްތޯ އާއި ބެހޭގޮތުން މަޝްވަރާ ކުރީމެވެ. އޭނަ އަހަންނަށް ގުރުއާނުގެ އާާޔަތްތައް މެއިލް ކުރިއެވެ. އަދި އަހަންނަށް އެެ ވާހަކަތައް ގަބޫލުރެވުނެވެ. އެހެންނަަމަވެސް އޭރު ވެސް އަހަރެން އަދި އިސްލާމްދީން ގަބޫލެއް ނުކުރަމެވެ.

ދިރިއުޅުން ބަރުބާދުވުން

އަހަރެންގެ ދިރިއުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ކައިވެނި ރޫޅެނީއެވެ. ވަޒީފާ އަދާ ކުރާތަނުގަ މައްސަލަތައް ޖެހެނީއެވެ. އަދި ސީރިއަސް ޑިޕްރެޝަނުގެ ހާލަތަކަށް އަހަރެން ދިޔައެވެ. އަދި ޑޮކްޓަރަށް ދައްކައި ބޭސް ކާން ފެށީމެވެ. އަހަރެންގެ ކަރަށް ތަދުވެ ކަރު އަނބުރާވެސް ނުލެވެއެވެ. އަހަންނަކަށް ރަނަގަޅަކަށް ނުކެވެއެވެ.

އަހަރެން ޗެޓް ކުރާ މީހާ އާއި މައްސަލަތައް ހިއްސާ ކުރީމެވެ. އޭނާ އަހަންނަށް ނަސޭހަތްތެރިވީ ފެންވަރައި ސާފުތާހިރުވުމަށް ފަހު ހިތް ނިޔަތް ޚާލިސް ކަމާއި އެކު ކަލާނގެ އާއި ދޭތެރޭ ވިސްނުމަށެވެ.

ތެދު މަގު ފެނުން

އަހަރެން އޭނާ ބުނިގޮތަށް ކަންތައް ކުރީމެވެ. އަހަރެން އިށީދެގެން އިނދެ ކަލާނގެ އާއި ދޭތެރޭ ވިސްނަން ފެށީމެވެ. އަހަރެންގެ ހަށިގަނޑު ތުރުތުރުއަޅަން ފެށިއެވެ. އެހެން ނަމަވެސް އިރުކޮޅަކުން އެ ތުރުތުރުއެޅުން ހުއްޓުނެވެ. އަހަރެންގެ ހިތާއި ރޫހަށް ހަމަޖެހުމާއި އަމާންކަން ލިބުނެވެ. އޭގެ ހަފްތާއެއް ފަހުން އަހަރެން މިސްކިތުގެ އިމާމަކާއި ބައްދަލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔައި މުސްލިމަކަށް ވީމެވެ. އެ ދުވަހު އަހަންނަށް ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން އަބަދުވެސް އަހަންނާއި އެކު ވެއެވެ.

comment ކޮމެންޓް