ސަން ބަދިގެ: ޕީނަޓް ބަޓަރ އެންޑް ހަނީ މިލްކްޝޭކް

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ކަމުދާނެ ރަހަ މީރު މިލްކްޝޭކެއް ތައްޔާރުކޮށްލަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި:

  • 1/2 ލީޓަރ ވެނީލާ އައިސް ކްރީމް
  • 2 ޖޯޑު ކިރު
  • 4 މޭޒުމަތީ ސަމްސާ ޕީނަޓް ބަޓަރ
  • 3 މޭޒުމަތީ ސަމްސާ މާމުއި
  • ވިޕްޑް ކްރީމް (ބޭނުން ނަމަ)

ތައްޔާރުކުރާނޭގޮތް:

  1. މިކްސަރ ގެ ޖަގަށް އައިސް ކްރީމް، ކިރު، ޕީނަޓް ބަޓަރ އަދި މާމުއި އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
  2. މިލްކްޝޭކް އަޅަންވީ ތަށި ތަކުގެ އެތެރޭގައި ސަމްސަލެއް ބޭނުންކޮށްގެން ރީތި ޑިޒައިނަކަށް މާމުއި ކޮޅެއް ހާކާލުމަށްފަހު މިކްސްޗަރ އަޅާލާށެވެ. އަދި ބޭނުން ކަމުގައި ވާނަމަ މައްޗަށް ވިޕްޑް ކްރީމް އަޅާށެވެ.

ނޯޓު: މަތީގައިވާ މިންގަނޑަށް ތަކެތި ބޭނުންކުރާނަމަ 4 ތަށި މިލްކްޝޭކް ހެދޭނެއެވެ.

-- މައުލޫމާތު: ޔަމީ އީޒީ މީލްސް އެވްރިޑޭ

comment ކޮމެންޓް