ސަން ބަދިގެ: ސޮސެޖް އަލުވި ބޯޓު

ހަދާލަން ފަސޭހަ ތަފާތު މި ރެސިޕީ އަކީ މަދު އިންގްރީޑިއެންޓްކޮޅެއް ބޭނުން ކޮށްލައިގެން ތައްޔާރުކޮށްލެވިދާނެ އަނގަޔަށް މީރު ކާއެއްޗަކަށް ވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 4 އަލުވި
  • 4 ސޮސެޖް (ކިއުބް ކޮށް ކޮށާފައި)
  • 1/4 ޖޯޑު ރަތް ބެލްޕެޕަރ (ކޮށާފައި)
  • ރަހަލާވަރުގެ ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް
  • 1 ޖޯޑު ގާނާފައި ހުރި ޗީޒް
  • 1 ލުނބޯ
  • ކުޑަ ތެޔޮފޮދެއް

ހަދާނެގޮތް:

  1. އަލުވިތައް ހުރި ގޮތަށް ނުވަތަ ދެބަޔަށް ފެޅުމަށްފަހު މަޑުވަންދެން ފެނުކައްކާލާށެވެ.
  2. ތަވަޔަކަށް ތެޔޮފޮދު އަޅައި ހޫނުކޮށްލާށެވެ. އޭގެތެރެއަށް ސޮސެޖް ކޮޅާއި ބެލްޕެޕަރ ކޮޅާއި ލޮނާއި އަސޭމިރުސް ކޮޅެއްވެސް ލުމަށްފަހު ކުޑަކޮށް ހަނާކޮށްލާށެވެ.
  3. އަލުވިތައް ދެފަޅިއަށް ފަޅާލުމަށްފަހު ސަމްސަލެއް ބޭނުންކޮށްގެން އެތެރެބައި ނަގާށެވެ. އެތެރެބައި ނަގާ ނިމޭއިރު އަލުވީގެ 1/4 އިންޗި ބޯމިން ހުނަނަންވާއެވެ.

ނޯޓު: މި ރެސިޕީގައި ބޭނުންކުރާނީ އަލުވީގެ މެދުބައި ނެގުމަށްފަހު 1/4 އިންޗި ބޯމިން ހުނަވަރުގެ ތޮށިގަނޑު ނުވަތަ ބޯޓެވެ. އެތެރެބައި ކޮންމެސް އެހެން އެއްޗެއް ހަދަން ބޭނުން ކުރެވިދާނެއެވެ.

  1. އަލުވި ބޯޓު ތަކުގެތެރެއަށް ހަނާކޮށްފައިހުރި ސޮސެޖްތައް އަޅައިލާށެވެ. އަދި އޭގެ މަތީގައި، ގާނާފައި ހުރި ޗީޒްވެސް އަތުރާލުމަށްފަހު ތިން މިނެޓެށްހާއިރަށް ނުވަތަ ޗީޒްކޮޅު ވިރެންދެން އަވަނުން ފިނެލާށެވެ. އަދި ހޫނުކޮށް ހުޓައި ސާރވް ކުރާށެވެ.

-- މައުލޫމާތު: ޔަމީ އީޒީމީލްސް އެވްރިޑޭ

comment ކޮމެންޓް