ސާރާ ބޮކަރ: ފިލްމު ކުޅުމާއި މޮޑެލްކުރުން ދޫކޮށްލީ ޤުރްއާންގެ ސަބަބުން

އެމެރިކާއަށް އުފަން ސާރާ ބޮކަރ އަކީ ކުރީގެ މަޝްހޫރު އަދި މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފިލްމީތަރި އެވެ. ކުޑައިރުއްސުރެ އުޅެބޮޑުވީ އެމެރިކާގެ ބޮޑު ސިޓީއެއްގައި ޝާހީ ދިރިއުޅުމެކެވެ. ބިކިނީގައި އަމިއްލަ ރީތިކަމަށް ފަހުރުވެރިވެ އުޅުނު ސާރާއަށް ހަށިގަނޑުގެ ވަނާތައް ފެންނަވަރުގެ ބިކިނީ ނުވަތަ ކުރު ހެދުން ލައިގެން ނޫނީ ހިތްހަމަވެސް ނުޖެހެ އެވެ. ނަމަވެސް ފަހުން ސާރާގެ އުޅުން ބަދަލުވީ މީހެއްގެ ނަސޭހަތަކުން ނޫނެވެ. މީހަކު އުޅޭގޮތް ފެނިގެނެއްވެސް ނޫނެވެ. މުސްލިމުން އެފޮތަކަށްޓަކައި ފަހުރުވެރިވާ މާތް ﷲ ގެ ކަލާމްފުޅު ހިތަށް ވަނުމުންނެވެ.

އިސްލާމްވުމުގެ ކުރިން ސާރާގެ ދިރިއުޅުން

އިސްލާމްވުމުގެ ކުރިން ސާރާއަށް އެންމެ މުހިންމު އެއްޗަކީ މީހުން މެދުގައި މަގުބޫލުކަމެވެ. މީހުންގެ މެދުގައި އޭނާ މަޝްހޫރުވުމެވެ. ގިނަ އަންހެންކުދިންނެެކޭ އެއްގޮތަށް މޭކަޕު ކުރުމާއި ކުރު އެއްޗިހި ލުމަށް ސާރާ ޝައުގުވެރިވި ސަބަބަކީ އެއީ އެވެ. އޭރު ސާރާ މަސައްކަތް ކުރީ ފްލޮރިޑާގެ މިއާމީ ބީޗުގެ ވޯޓާ ފްރޮންޓް ރެސިޑެންޓްގެ ޕާސަނަލް ޓްރެއިނާއެއްގެ ގޮތުގައެވެ. އޭރު އޭނާ އެތަނުގައި މަސައްކަތް ކުރަން ފެށީވެސް އަމިއްލަ ހިތްހަމަޖެހުމަށް ކަމަށް ސާރާ ބުންޏެވެ. ސާރާ ބުނިގޮތުގައި އޭރު އޭނާ ދިރިއުޅުނީ "ލިވިންގް އިން ސްޓައިލް"ގެ ދިރިއުޅުމެކެވެ.

އަމިއްލަ ނަފްސުގެ ހިިތްހަމަޖެހުމާއި ދިރިއުޅުން ކުރިއަރުވަން މަސައްކަތް ކުރާތާ ދުވަސް ގަނޑަކަށް ފަހު ރާބުއިމާއި ޕާޓީކުރުން ދޫކޮށް ލައިފް ސްޓައިލް ބަދަލުކޮށްލީ، "ހަމަ އެކަނި ކުޑަ ބްރޭކެއް ނެގުމުގެ ބޭނުުގައި" ކަމަށް ސާރާ ބުންޏެވެ.

އިސްލާމްދީނާއި މެދު ސާރަ ދެކުނު ގޮތް

ސާރާ ކުރިން ގަބޫލުކުރި ގޮތުގައި މުސްލިމު އަންހެނުންނަކީ އަޅުންތަކެކެވެ. އިސްލާމް ދީނުގައި އަންހެނުންނަކަށް އުފާ ކުރުމުގެ އިހްތިޔާރެއް ނޯވެ އެވެ. އަދި މުސްލިމު އަންހެނުންގެ ހެދުން "ހިޖާބު" ސާރާ ސިފަކުރީ "ޓެންޓު ތަކެއް" ގެ ގޮތުގައެވެ. އަދި އިސްލާމްދިނަކީ އަންހެނުންނާ މެދު ތަފާތު ކުރުން ބޮޑު ދީނެއް ކަމަށް ސާރާ ދެކުނެވެ. ނަމަވެސް ސާރާގެ އެ ވިސްނުން ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގި އެވެ. ދީނީ އިލްމުވެރިންގެ ނަސޭހަތެއް ބޭނުމެއް ނުވި އެވެ. މުސްލިމެއްގެ ބަހެއް ބޭނުމެއް ނުވި އެވެ. ސާރާގެ ހިތަށް އިސްލާމް ދީނުގެ އަލީނޫރު ވައްދުވައިދިނީ މުސްލިމުން އެފޮތެއްގެ ވާހަކަ އަބަދު ދައްކައި، އެފޮތަކަށް އިހުތިރާމްކުރާ މާތްﷲ ކަލާމްފުޅު ކީރިތި ޤުރުއާނެވެ.

ކީރިތި ޤުރުއާންފެނި އެފޮތަށް ސާރާގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނީ އެފޮތުގައި ތަފާތުކަމެއް ހުރުމުން ކަމަށް ސާރާ ބުންޏެވެ. އަދި އިންސާނާއާއި މާތްﷲ އާއި ގުޅުވާލަދޭ ވަސީލަތަކަށް ޤުރުއާން ވާކަމަށް ސާރާ ބުންޏެވެ.

އެހިސާބުން ސާރާއަށް ވިސްނުނީ އިސްލާމްދީނުގައި އިންސާނާއަށް ލިބިދެވޭ މާތްކަމަށްވުރެ ވަކި އިތުރު މާތްކަމެއް ނުވާ ކަމެވެ.

ހިޖާބުގައި ސާރާ

ދިރިއުޅުމުގެ ބޮޑުބައި ބިކިނީގައި އުޅެ، މުސްލިމުންގެ ހިޖާބު ޓެންޓުތަކެއްގެ ގޮތުގައި ސިފަކުރި ސާރާ ފުރަތަމަ ހިޖާބުގައި މަގުމައްޗަށް ނުކުތުމުން ފުރިހަމަ އަންހެނަކަށް ވީކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން ބިކިނީގައި އޭނާ ހިނގި މަގުތަކުގައި ހިޖާބު އަޅައިގެން ހިނގާފައި ދިއުމުން ފުރަތަމަ ފަހަރަށް މިނިވަން ކަން އިހުސާސް ކުރެވުނު ކަމަށް ސާރާ ބުންޏެވެ.

މީގެ ކުރިންވެސް އަންހެނުންގެ ހައްގުތަކުގެ ވާހަކަތަށް ދެއްކި ސާރާއަކީ މިހާރުވެސް އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ އަންހެކެވެ. އެކަމަކު މިފަހަރު ތަފާތެވެ. މުސްލިމު އަންހެނެއްގެ ގޮތުގައެވެ.

comment ކޮމެންޓް