ސަން ބަދިގެ: ޗީޒް ކަޕްކޭކް

ރޯދަހިފައިގެން ތިބޭ ކުޑަކުދިން ހިތްހަ ޖައްސާލުމަށްޓަކައި އެކުދިން ގަޔާވާނެ ރަހަމީރު ކޭކެއް ތައްޔާރުކޮށްލުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ. އެގޮތުން ސަން ބަދިގޭގައި މިފަހަރު ތައްޔާރުކޮށްލަން މިއުޅެނީ ކުޑަކުދީން ވަރަށް ގަޔާވާނެ އަދި ބޮޑެތި މީހުންނަަށްވެސް މީރުވާނެ ޗީޒް ކޭކެވެ.

ބޭނުންވާ ތަކެތި:

  • 1/2 1 ޖޯޑު ފުށް.
  • 1/2 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ.
  • 1/2 ސައިސަމްސާ ލޮނު.
  • 1/2 ޖޯޑު ބަޓަރު (ކިއުބް ކޮށް ކޮށާފައި).
  • 1/3 ޖޯޑު ހަކުރު.
  • 2 ބިސް.
  • 1 ސައިސަމްސާ ވެނީލާ އެސެންސް.
  • 1/2 ދަޅު ގެރިކިރު.
  • 1 ޖޯޑު ޗެޑަރ ޗީޒް - ގާނާފައި

ހަދާނެގޮތް:

  1. 350 ޑިގްރީ ފެރެންހެއިޓަށް އަވަން ހޫނުކުރަން ސެޓްކޮށްލާށެވެ.
  2. ބޮޑު ބޯތަށްޓެއްގައި ފުށް، ބޭކިންގ ޕައުޑަރ އަދި ލޮނު އެއްކޮށްލާފައި ބަހައްޓާށެވެ.
  3. ކޭކް މިކްސަރ އެއް ބޭނުންކޮށްގެން ބަޓަރު ކޮޅާއި ހަކުރު ކޮޅު 5-3 މިނެޓް ވަންދެން ނުވަތަ ކްރީމް ވަންދެން ގިރާލާށެވެ.
  4. އޭގެ ތެރެއަށް ބިސް، އެސެންސް އަދި ގެރިކިރު ކޮޅު އަޅާ، ރަނގަޅަށް އެކޮށްލާށެވެ.
  5. ދެން ފުށްކޮޅު އަޅާލައި މަޑުމަޑުން އެއްކޮށްލުމަށްފަހު ޗީޒްކޮޅުގެ ދެބައި ކުޅައެއްބައި ވެސް އެއްކޮށްލާށެވެ.
  6. ކަޕްކޭކް ހަދާ ތަށިތަށްޓަށް ކޭކު ފުށްގަނޑު އެޅުމަށްފަހު، އޭގެ މަތީގައި ބަކީ ހުރި ޗީޒް ކޮޅު އަތުރާލާފައި، ހޫނުކޮށްފައި ހުރި އަވަނުގައި 30 – 25 މިނެޓްވަންދެން ނުވަތަ ޓޫތްޕިކެއް ހަރާލުމުން ސާފުކޮށް ހުރެ ނުކުންނަ ވަރަށް ފިހެލާށެވެ. އަދި ހިހޫ ވުމުން ސާރވް ކުރާށެވެ.

ނޯޓް: މަތީގައި ބުނެފައިވާ މިންގަނޑަށް ތަކެތި ބޭނުންކޮށްގެން 10 ވަރަކަށް ކަޕް ކޭކް ހެދޭނެއެވެ.

-- މައުލޫމާތު: ޔަމީ އީޒީމީލްސް އެވްރިޑޭ

comment ކޮމެންޓް