ސަން ބަދިގެ: ލައިޓް ޗިލީ ފިޝް

ބޭނުންވާ ތަކެތި

  • 2 ޖޯޑު ހުންނަހާ ތަންކޮޅެއް ބޮޑެތިކޮށް ކޮށާފައި ހުރި ފަރު މަސް
  • 3 ކެޕްސިކަމް ( ކަރު ނަގާ ކައްޗަށް ކޮށާފައި)
  • 2 ފިޔާ ތަންކޮޅެއް ބޮޑެތިކޮށް ކޮށާފައި)
  • 1 ސައި ސަމުސާ އިނގުރު ( ޗިސްކޮށްފައި ހުރި)
  • 1 ހިކަނދިފަތް
  • 3 ފެހި މިރުސް ( ހަނިކޮށް ފަޅި ކޮށްފައި ހުރި)
  • 2 ފެހި ޓޮމާޓޯފަޅި ( ފަޅި ފަޅިކޮށްފައި)
  • 2 މޭޒުމަތީ ސޯޔާ ސޯސް
  • 3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
  • 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
  • 4 މޭޒުމަތީ ސަމުސާ ފެން
  • ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ތެޔޮ ފޮދާއި ފެން ފޮދުު އަޅާފައި ހޫނުވީމާ ފިޔާ، ކޮޅާއި ކެޕްސިކަމް މިރުސް އަދި ހިކަނދިފަތް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅި ވަންދެން ދޭފަތުން މަޑު ގިނީގައި ހަލަމުން ދާށެވެ. މޯޅި ނުވަނީސް ހިކޭ ގޮތް ވާނަމަ ކުޑަ ފެން ފޮދެއް އަޅާލާށެވެ.

ފިޔާކޮޅު މޯޅި ވީމާ ސޯސް ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތް ތައް އަޅާލާފައި މަސްކޮޅު ރޯ ފިލުމުން ސޯސްކޮޅު އެއްކޮށްލާށެވެ. ކެކި ގަތުމުން އުނދުން މަތިން ބާލާށެވެ.

ބްރައުން ބްރެޑް ނުވަތަ ބްރައުން ރައިސް އާއި އެކު ސާރވް ކުރާށެވެ.

މި ޑިޝް އަކީ ސިއްހީ ކާނާގެތެރޭގައި ހިމެނޭ ޑިޝް އެކެވެ.

comment ކޮމެންޓް