ސްކިނީ ޖީންސްގެ ސަބަބުން ނާރުތަކަށް ގެއްލުން ލިބޭ: ޑޮކްޓަރުން

'ސްކިނީ ޖީންސް'ގެ ސަބަބުން ހަށިގަނޑުގެ ނާރުތަކަށާއި މަސްތަކަށް ބޮޑެތި ގެއްލުންތައް ލިބޭކަމަށް ޑޮކްޓަރުން ބުނޭ --

'ސްކިނީ ޖީންސް'ގެ ސަބަބުން ހަށިގަނޑުގެ ނާރުތަކަށާއި މަސްތަކަށް ބޮޑެތި ގެއްލުން ލިބޭ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

ސްކިނީ ޖީންސްގެ ސަބަބުން އޮސްޓްރޭލިއާގެ އަންހެނަކަށް ވަނީ ދާދި ފަހުން ސިއްހީ ވަރަށްބޮޑު ސިއްހީ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ. އެޑެލައިޑުގައި ދިރިއުޅޭ އުމުރުން 35 އަހަރުގެ އެ އަންހެން މީހާއަށް ވަނީ ސްކިނީ ޖީންސް ލުމުގެ ސަބަބުން ފައިގެ ނާރުތަކުގައި ރަނގަޅަށް ލޭދައުރު ނުވެ މަސްތައް ދުޅަވުމުގެ މައްސަލަތަކަކާ ކުރިމަތިލާންޖެހިފައެވެ.

ޑޮކްޓަރުން ބުނާގޮތުގައި، އެ އަންހެން މީހާއަށް ހުރީ 'ކޮމްޕާޓްމެންޓް ސިންޑްރޯމް' ޖެހިފައެވެ. ކޮމްޕާޓްމެންޓް ސިންޑްރޯމަކީ ހަށިގަނޑުގެ މަސްތައް ދުޅަވުމެވެ.

އެޑެލައިޑްގެ ރޯޔަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ސްކިނީ ޖީންސްގެ ސަބަބުން އެ ބަލި ވަނީ އިތުރަށް ގޯސްވެފައެވެ.

އެކަމާ ގުޅިގެން އެ އަންހެން މީހާ ފަރުވާހޯދުމަށް ހޮސްޕިޓަލުގައި ހަތަރު ދުވަސް ވަންދެން ނުހިނގިފައި އޮތް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ބާރު ޖީންސް ލުމުގެ ސަބަބުން ލޭ ދައުރުވުމަށް ދަތިތައް ކުރިމަތިވެ ޕްރެޝަރު ނާރުތަކުގައި ޕްރެޝަރު އުފެދުމުގެ ސަބަބުން އެ އަންހެން މީހާގެ ނާރުތަކާއި ހަށިގަނޑުގެ މަސްތަކަށް ދައުރުވާންޖެހޭ ލޭ ދައުރުނުވުމުގެ ސަބަބުން، އޭނާއަށް ވަނީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

comment ކޮމެންޓް