މޭބިސްކަދުރަކީ އެންޓި އޮކްސިޑެންޓަލް މާއްދާތައް ވަރަށްގިނަ މޭވާއެއް --

މޭބިސްކަދުރަކީ އެންމެ ފޮނި މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާއެކެވެ. މޭބިސްކަދުރުގެ އެތަށް ވައްތަރެއް ހިމެނެއެވެ. މިއިން ކޮންމެ ވައްތަރަކީވެސް ހަށިގަނޑަށް އިންތިހާއަށް ފައިދާބޮޑު އެއްޗެކެވެ. ކާބޯހައިޑްރޭޓް އާއި ފްރެކްޓޯޒްގެ އިތުރުން މޭބިސްކަދުރުގައި ހިމެނޭ ވިޓަމިންއާއި މިނެރަލްސްގެތެރޭގައި ޒިންކް، ފޮސްފަރަސް، ކެލްސިޔަމް، ނިޔަސިން (ވިޓައިން ބީ 3) ޕްރޮޓިން، މެގްނިސިޔަމް، ޕޮޓޭޝިޔަމް، މެންގަނީޒް ތިޔަމިން (ވިޓަމިން ބީ 1) އަދި ދަގަނޑު އަދި މިނޫންވެސް އެތަށް ބާވަތެއް ހިމެނެއެވެ.

މޭބިސްކަދުރު ކެއުމުން ލިބޭ ބައެއް ފައިދާ

  • މޫނާއި ހަށިގަނޑުގެ ހަން އޮމާންވެ ރީތިވެ އުޖާލާވުން
    އިސްތަށިގަނޑު ވަރުގަދަވުން
  • ޗިސްމޭ އަށް ލިބޭ ގެއްލުންތައް ފޫބެއްދުމާއި ޗިސްމޭގައިވާ ވިހަތައް ބޭރުކޮށް ޗިސްމޭގެ ސިއްޙަތު ސަލާމަތް ކޮށްދިނުން
  • ހިތުގެ ބަލިތައް ޖެހޭމިންވަރު ކުޑަކޮށްދިނުމާއި ހިތާ ގުޅިފައިވާ އާޓިރޭ ތަކުގައި ސަރުބީ ޖަހާމިންވަރު ކުޑަކޮށްދިނުން
  • ބަވާސީރުފަދަ ބަލިތަކުން ސަލާމަތް ކޮށްދިނުން
  • އެލްޒެއިމަރ ބަލި ޖެހުމުގެ ފުރްސަތު ކުޑަކޮށްދިނުން
  • ނުބައި ކްލެސްޓްރޯލް ދަށްކޮށްދިނުން

މޭބިސްކަދުރަކީ އެންޓި އޮކްސިޑެންޓަލް މާއްދާތައް ވަރަށްގިނަ މޭވައެކެވެ. އެންޓި އޮކްސިޑެންޓަލް މާއްދާތައް އެންމެ ގިނައީ ވައިލެޓް ކުލައިގެ މޭބިސްކަދުރާއި ކަޅު މޭބިސްކަދުރާ އަދި ރަތްމޭބިސްކަދުރުގައި ކަމަށްވެއެވެ.

ދުނިޔެއަށް ބަލާއިރު އެންމެ ގިނައިން މޭބިސްކަދުރު ހައްދަނީ އިޓަލީގައެވެ. އިޓަލީގައި އަހަރެއްގެ މައްޗަށް 8.5 މިލިޔަން ޓަނުގެ މޭބިސްކަދުރު އުފައްދާ ކަމަށްވެއެވެ. ދެވަނައަށް އެންމެ ގިނައިން އުފައްދަނީ އެމެރިކާގައެވެ. ތިންވަނައަށް ފަރަންސޭސިވިލާތުގައެވެ. ހަތަރުވަނައަށް ސްޕޭންގައެވެ. ފަސްވަނައަށް ތުރުކީގައެވެ. ހަވަނައަށް އެންމެ ގިނައިން މޭބިސްކަދުރު އުފައްދަނީ އީރާން ގައެވެ.

comment ކޮމެންޓް