ޖުވޭސް ސްޓައިލް ޗިލީ ޗިކަން

ބޭނުންވާ ތަކެތި

  • 500 ގްރާމް ބޯން ލެސް ޗިކަން ކައްޗަށް ތަންކޮޅެއް ކުދިކޮށް ކޮށާފައި
  • 3 ލޮނުމެދު (ގާނާފައި)
  • 1 ސައި ސަމުސާ އިނގުރު (ގާނާފައި)
  • 3 ފިޔާ (ބޮޑެތިކޮށް ދިގަށް ކޮށާފައި)
  • 6 ކެޕްސިލަމް (ކަރު ނަގާ ކައްޗަށް ކޮށާފައި)
  • 4 ހިކި މިރުސް (ބުރިބުރި ކޮށްފައި)
  • 1 ސައި ސަމުސާ މަސްޓަރޑް ކްރީމް
  • 1 ޖޯޑު ޓޮމާޓޯ ސޯސްް
  • 1 ޖޯޑު ޗިލީ ސޯސް
  • 5/1 ސައި ސަމުސާ މިކްސްޑް ހާރބްސް
  • 3 ބިސް (ގިރާފައި)
  • 2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 2/1 ސައި ސަމުސާ މުގުރި އަސޭ މިރުސް
  • 4 ފެހި މިރުސް (ފަޅިކޮށްފައި)
  • 2 މޭޒުމަތީ ސަމުސާ ކޯން ފްލަރ
  • ތެޔޮ ފޮދެއް
  • ލޮނުކޮޅެއް
  • 2 ހިކަނދިފަތް

ތައްޔާރު ކުރާނެ ގޮތް

ބިސް، އަސޭމިރުސް، ލޮނުކޮޅެއް، ސޯޔާ ސޯސް އަދި ކޯން ފްލަރ އެއްކޮށް ރަނގަޅަށް ގިރާލާފައި މަހުގައި ހާކާފައި ބަހައްޓާށެވެ. އެއަށްފަހު ތަވަޔަށް ތެޔޮ އަޅާލާފައި ކައްކަން އުދާލާށެވެ.

ތެޔޮގަނޑު ކެކިގަތީމާ ކުކުޅު މަސް ތަވަޔަށް އަޅާލާފައި އެތެރެ މަޑުކޮށް ބޭރަށް މަޑު މުށި ކުލައެއް އަރާވަރަށް ތެލު ލާފައި ބަހައްޓާށެވެ. ދެން ތަވާ އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާލުމަށްފަހު ހޫނުވީމާ ފިޔާ، މިރުސް، ހިކަނދިފަތް، ކެޕްސިކަމް، އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅި ވީމާ މަސް ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރޯފިލުމުން މަސް ކޮޅު އެއްކޮށްފައި 2 މިނިޓް މަޑު ގިނީގައި ކައްކާފައި އުނދުން މަތިން ބާލާށެވެ.

comment ކޮމެންޓް